ޝަޢިތާނާއި އެހެނިހެން އުނދަގޫތަކުން ސަލާމަތް ކުރުމަށް ގޭގެ އޮޅިގަނޑު ކައިރީގައި ޤުރުބާން ކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ ލިޔުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ޝަޢިތާނާއި އެހެނިހެން އުނދަގޫތަކުން ސަލާމަތް ކުރުމަށް ގޭގެ އޮޅިގަނޑު ކައިރީގައި ޤުރުބާން ކުރުން.

ސުވާލު: އަލަށް ގެއަކަށް ބަދަލުވުމުން، އެ ގޭގެ ދޮރުގެ އޮޅިގަނޑު ކައިރީގައި އެއްޗެއް ކަތިލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: މިއީ އެބައިމީހުން ކުރަމުންދާ ޢަމަލެކެވެ. މިއީ ބޮޑު ޝިރުކެކެވެ. ސަބަބަކީ މިއީ ޖިންނީންނަށް އަޅުކަން ކުރުމެވެ.


ސުވާލު: އެކަމުގެ މަޤްޞަދަކީ ޖިންނީންނަށް ކުށްތަންވުން، ޤަޞްދުކުރުން ނޫން ކަމުގައި ވެއްޖެނަމަ (އެކަމުގެ ޙުކުމަކީ ކޮބައިތޯ) އެވެ؟


ޖަވާބު: އެންމެ ކުރީންސުރެ ފަށައިގެން ބަޔާންވެ މަޢުރިފާވެގެންވަނީ، އެބައިމީހުން މި ޢަމަލު ކުރަނީ ޖިންނީންނަށް ޤަޞްދުކޮށެވެ. އެބައިމީހުން ބުނެ އެވެ. އެ ޖިންނީންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެ ޖިންނީންނަށް ޤުރުބާން ކުރާނީ އެވެ. އަހަރެމެންގެ ގޭގައި އަހަރުމެން ތިބޭ ހިނދުގައި އެތަކެތީގެ ގޯނާއެއް އަހަރެމެންނަށް ނައުމަށްޓަކައި އެތަކެއްޗަށް ޤުރުބާން ކުރާނީ އެވެ. މި ޢަމަލަކީ (ސަޢުދީ ޢަރަބިއްޔާގެ) ދެކުނުގެ ރަށްތަކުގައި ކުރަމުން ދިޔަ ކަމެކެވެ. އެހެނަސް إن شاء الله މިހާރު މިކަން ނެތި، ހުއްޓިފައިވެދާނެ އެވެ.




ފަތުވާ ނަގާފައިވަނީ : https://goo.gl/iKMswu