ޢިލްމު ޙާޞިލްކުރުން އޮތީ ސަލަފީ ޢިލްމުވެރިންގެ ފަރާތުންނެވެ. - العَلاَّمَة الشَّيْخُ أَحْمَدُ بِن يَحْيَى النَّجْمِي رحمه الله

ކެޓަގަރީ ޢިލްމު ނަގަންޖެހޭ މަޞްދަރުތައް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


العَلاَّمَة الشَّيْخُ أَحْمَدُ بِن يَحْيَى النَّجْمِي رحمه الله

ޢިލްމު ޙާޞިލްކުރުން އޮތީ ސަލަފީ ޢިލްމުވެރިންގެ ފަރާތުންނެވެ.

"ޢިލްމު ޙާޞިލްކުރާ އެންމެހައި ދަރިވަރުންނަށް އަހަރެން ބަޔާންކުރާ ވަޞިއްޔަތަކީ، ﷲ އަށް ތަޤްވާވެރި ވުމެވެ. އަދި ރަސޫލާ صلى الله عليه وسلم އަދި ޞަޙާބީންގެ މަގަށް ތަބަޢަވުމެވެ. އެއީ ސަލަފިއްޔަތުގެ މަގެވެ. އަދި ސަލަފީ މަންހަޖެވެ. އަދި ސަލަފީ ޢިލްމުވެރިންގެ އަރިހުގައި އިށީނދެ ޢިލްމު ޙާޞިލް ކުރުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ތަޥްޙީދުގެ ފޮތްތައް ކިޔުމަށާއި، ޢަޤީދާ، ޙަދީޘް އަދި ފިޤުހު ފޮތްތައް ކިޔުމަށް ވަޞިއްޔަތް ކުރަމެވެ. މިފަދައިން ޤާއިމްވެ ދެމިތިބުން ހުއްޓެވެ. އަދި ޢިލްމު ހޯދުމުގައިވާ ދަރިވަރުން ﷲ އަށް ތަޤްވާވެރިވުން ހުއްޓެވެ.


އަދި ޙިޒްބީ ތަޢައްޞުބު ވެގެންވާ އެންމެހައި ދަޢުވަތްތަކުގެ މައްޗަށް އިންޒާރުދެމެވެ. އެ ދަޢުވަތްތަކަކީ މީސްތަކުންގެ ސަފުތައް ބައިބައިކޮށް، އެބައިމީހުން ބައިބައިކޮށްލާ ބާރުނެތިކޮށް، އެބައިމީހުންގެ ކަލިމަ ބައިބައި ކުރުމުގައިވާ ދަޢުވަތްތަކެވެ. އަދި ނަރަކައަށް ދަޢުވަތް ދިނުމުގައިވާ މީހުންގެ މައްޗަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަހަރެމެންނަށް އިންޒާރު ދެއްވާފަ އެވެ. والعياذ بالله. އެއްވެސް ޝައްކެތްނުވާ ގޮތުގައި، ޙިޒްބިއްޔަތަކީ ފާޙިޝް ނުބައިވެގެންވާ ކަންތައްތައް އޭގައި ހިމެނިގެންވާ އެއްޗެކެވެ. މި ޙިޒްބިއްޔާއިން ސަމާލުވެ، އިންޒާރު ލިބިގަތުމަށް ޢިލްމު ޙާޞިލްކުރާ ދަރިވަރުއަށް ވާޖިބުވެގެންވެ އެވެ. އަދި ސަލަފީ ޢިލްމުވެރިންގެ ޙަލަޤާތް (ޢިލްމީ މަޖްލިސް) ތަކަށް ދިއުން ވާޖިބުވެގެންވެ އެވެ.


އަދި (ޢިލްމު ޙާޞިލް ކުރާ) ދަރިވަރު ސަލަފީން ލިޔެފައިވާ ފޮތްތައް ކިޔުން ހުއްޓެވެ. އަދި ޙިޒްބީން ލިޔެފައިވާ ފޮތްތަކުން އިންޒާރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން ބުނެވޭފަދައިން އެ ފޮތްތަކުގައި މާމުތް އަދި ވިހަ ވެ އެވެ. وبالله التوفيق.

****
ފަތުވާ ނަގާފައިވަނީ : فتاوى الجلية عن المناهج الدعوية ص 17