ކެތްތެރިކަން الصبر

 ދެ يُسْر(ފަސޭހަ) ގެ މައްޗަށް އެއް عُسْر(އުނދަގޫ) އަށް ގަދަވެ ނުގަނެވޭނެ - الشيخُ العَلاَّمَة محمد بِن صَالِح العُثَيمين رحمه الله

ކެޓަގަރީ ކެތްތެރިކަން الصبر

 الشيخُ العَلاَّمَة محمد بِن صَالِح العُثَيمين رحمه الله ވިދާޅުވއެވެ.

"ތިބާގެ އަޚާއަށް މުޞީބާތެއް މެދުވެރިވެފައިވާ ތަން ފެންނަ ހިނދުގައި ބުނާށެވެ : ހިތާމަ ނުކުރާށެވެ. ސަލާމަތްކަން ލިބުން ވަނީ ނުހަނު ގާތުގައެވެ.
ތިބާއަށް އޭނާ ދަތި އުނދަގުލެއްގައިވާ ތަން ފެނިއްޖެ ހިނދުގައި ބުނާށެވެ : ލުއިފަސޭހަކަން ނުހަނު ކައިރީގައިވެ އެވެ.

ابن عَبَّاس رضي الله عنهما ވިދާޅުވެފައިވާ ފަދައިންނެވެ. "ދެ ފަސޭހަކަމުގެ މައްޗަށް އެއް އުނދަގޫކަމަށް ގަދަވެނުގަނެވޭނެ އެވެ." މިއީ ކިހިނަކުން ހެއްޔެވެ؟
ފަހެ، ألم نشرح لك صدرك  (މި ޞޫރަތުގައިވެ އެވެ.) ﴿
فإِنَّ معَ العُسرِ يُسرا إنَّ معَ العُسر يُسرا﴾ "ފަހެ، ހަމަކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެ އެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެ އެވެ." 

العُسرِ (އުނދަގޫކަން) ދެ ފަހަރު ޛިކުރުކުރެވިފައިވެ އެވެ. އަދި يُسر (ފަސޭހަކަން) ދެ ފަހަރު ޛިކުރުކުރެވިފައިވެ އެވެ. އެހެނަސް ޙަޤީޤަތަކީ العُسرِ (އުނދަގޫކަން) އެއްފަހަރު ނޫނީ ޛިކުރުކުރެވިފައި ނުވެ އެވެ. އަދި اليُسر (ފަސޭހަކަން) ދެފަހަރަށް ޛިކުރު ކުރެވިގެންވެ އެވެ. އެއީ ކީއްވެތޯ؟


ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. العُسرِ ކަލިމަ ال އާ އެކު ޛިކުރު ކުރެވިފައިވުމުން އެ ކަލިމަ ޙަޤީޤަތުގައި ޛިކުރު ކުރެވިފައިވަނީ  އެއް ފަހަރު އެވެ. އަދި يُسر ކަލިމަ ال ނުލާ ޛިކުރު ކުރެވިފައިވުމުން، އެ ކަލިމަ ޛިކުރު ކުރެވިފައިވަނީ 2 ފަހަރަށެވެ.

العُسر 2 ފަހަރަށް ތަކުރާރުވެފައިވެ އެވެ. އެހެނަސް ال އާ އެކުގަ އެވެ. އެހެންވުމުން العُسر ދެވަނަފަހަރު ޛިކުރު ކުރެވުނަސް އެއީ ފުރަތަމަ ތަނުގައި ބަޔާންވެގެންވާ العُسر އެވެ. އަދި اليُسر 2 ފަހަރަށް ތަކުރާރުވެފައިވަނީ ال ނެތި އެވެ. އެހެންވުމުން 2ވަނަ ފަހަރަށް ޛިކުކުރު ކުރެވިވެގެންވާ اليُسر އަކީ ފުރަތަމަ ފަހަރަށް ޛިކުރުކުރެވިފައިވާ اليُسر އެއް ނޫނެވެ. 

ފަހެ، އެހެންވުމުން ابن عَبَّاس رضي الله عنهما ވިދާޅުވެފައިވެ އެވެ. "ދެ ފަސޭހަކަމުގެ މައްޗަށް އެއް އުނދަގޫކަމަށް ގަދަވެނުގަނެވޭނެ އެވެ." 

*****


ފަތުވާ ނަގާފައިވަނީ : شرح رياض الصالحين ج 4