ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ އުސާމާ ބިން ލާދިން

އައިމަން އައް-ޟަވާހިރީ "އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް"

އައިމަން އައް-ޟަވާހިރީ (1) ބުނެފައިވެއެވެ. "އުސާމާ ބިން ލާދިން އަކީ އަރަބި ޖަޒީރާގައި އުޅުނުއިރު އިޚްވާނުލް މުސްލިމީން ޖަމާޢަތުގެ މެންބަރެކެވެ. އުސާމާ ބިން ލާދިން ރަޟިޔާއިން އަފްޣާނިސްތާން އާއި ހަނގުރާމަކުރަން ފެށުމުން ޢަރަބި ގައުމުތަކުން ނުކުމެ ޕާކިސްތާނަށް ދިޔައެވެ." 

އަޑުއައްސަވާ: http://goo.gl/jTekZ6

އެންމެހައި މީސްތަކުންނޭވެ!

މިހުރިހައި ފަސާދައެއް އުންމަތަށް އައިސްފައިވަނީ ކޮންބައެއްގެ ފަރާތުން ތޯއެވެ؟ އިޚްވާނުލް މުސްލިމީން އެއީ މުސްލިމުންނަށް އިޚްވާނުން ކަމުގައި ވާނެތޯ އެވެ؟ ނުވާނެވެ. އެއީ އިޚްވާނުލް މުފްސިދީން ނުވަތަ އިޚްވާނުލް މުފްލިސީންއެވެ. އެންމެހައި ޓެރަރިސްޓު ޤުރޫޕުތައް ފާޅުވެފައިވަނީ ނުވަތަ ދަރިވަރުވެފައިވަނީ އިޚްވާނީ މަދުރަސާތަކުންނެވެ. މިއަދު މި މީސްތަކުންނަށް ވާގިވެރިވާ މީހާ، މި މީސްތަކުންގެ މަޛްހަބު ދިފާޢުކުރާ ކޮންމެ މީހަކީ އިޚްވާނުލް މުސްލިމީންގެ މަންހަޖުގައިވާ އިޚްވާނީއެެކެވެ. ހައްދުފަހައަޅާފައިވާ މީހުންނަކީ މިއީ ނޫންތޯއެވެ؟ ޓެރަރިސްޓުންނަކީ މިއީ ނޫންތޯއެވެ؟

 

އިޚްވާނުލް މުސްލިމީން ޖަމްޢިއްޔާއިން ސިޔާސީ ޕާޓީއެއް (ޢަދާލަތު ޕާޓީގެ ނަމުގައި) މިސްރުގައި ހެދީ އެބައިމީހުން ދަޢުވާކުރާގޮތުގައި  މީސްތަކުންނަށް ސިޔާސީގޮތުން، އިޤްތިޞާދީގޮތުން އަދި މާއްދީގޮތުން ފައިދާ ހޯދައި ދިނުމަށެވެ.

މިއަދު އަހަރެމެންނަށް މި ފެންނަނީ ފައިދާ ހޯދައިދިނުންތޯއެވެ؟ ނުވަތަ ފަސާދަ ހޯދައިދިނުންތޯއެވެ؟

 ******

(1) އައިމަން އައް-ޟަވާހިރީ އަކީވެސް ކުރީގައި އިޚްވާނުލް މުސްލިމީން މެންބަރެކެވެ. އަދި މިހާރު އަލްޤާއިދާގެ ލީޑަރެވެ.

 

Screenshout_1.jpg