أَهْلُ السُّنَّةِ وَالجَمَاعَة އާ ޚިލާފުވެއްޖެ ކޮންމެ މީހަކީ މަގުފުރެދިފައިވާ، ހަވާނަފްސުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. - الشَّيْخ فَوْزَان حفظه الله

ކެޓަގަރީ أهل البدع والأهواء (ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން)

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ صَالِح بنُ فَوْزَان الفَوْزَان حفظه الله

أَهْلُ السُّنَّةِ وَالجَمَاعَة އާ ޚިލާފުވެއްޖެ ކޮންމެ މީހަކީ މަގުފުރެދިފައިވާ، ހަވާނަފްސުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ.

ސުވާލު: އާންމު ޙުކުމެއްގެ ގޮތުގައި، ޖަމާޢަތްތަކާ މެދު ޝެއިޚުމެންގެ ރައުޔަކީ ކޮބައިތޯ އެވެ؟
ޖަވާބު: أَهْلُ السُّنَّة ގެ ޖަމާޢަތާ ޚިލާފުވެއްޖެ ކޮންމެ މީހަކީ މަގުފުރެދިފައިވާ މީހެކެވެ. އަހަރެމެންގެ ގާތުގައި އެންމެ ޖަމާއަތެއް މެނުވީ ނުވެ އެވެ. އެއީ أَهْلُ السُّنَّة وَالجَمَاعَة އެވެ. އަދި މި ޖަމާޢަތާ ޚިލާފުވި މީހަކީ ރަސޫލާ  ގެ މަންހަޖާ ޚިލާފުވާ މީހެކެވެ.
އަދި އޭގެ އިތުރުން އަހަރެމެން ބުނަމެވެ: أَهْلُ السُّنَّة وَالجَمَاعَة އާ ޚިލާފުވެއްޖެ ކޮންމެ މީހަކީ ހަވާނަފްސުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. އަދި ޚިލާފުވި ކަމެއްގެ ކުޑަ ބޮޑު މިނުންނާއި، އަދި ޙައްޤާއި ގާތްކަމާއި ދުރުކަން ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް އެކަންތަކުގެ ޙުކުމް މަގުފުރެދުމުގަ އާއި ކާފަރުކުރުމުގައި ތަފާތުވެގެންދެ އެވެ.

    

ފަތުވާ ނަގައިފައިވަނީ: الأجوبة المفيدة عن أسئلة المناهج الجديدة، س7، ص29-30، دار سحاب السلفية، الطبعة الخامسة 1432 ه.