އެ ބައެއްގެ ފަތުވާ ޤަބޫލުކުރެވޭ އަހުލުވެރިން އަރިހުގައި މަދަޙަ އެއީ ހުއްދަ އެއްޗެއް ނޫން - الشَّيْخُ صَالِح آل الشيخ حفظه الله

ކެޓަގަރީ މަދަޙަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الشَّيْخُ صَالِح آل الشيخ حفظه الله

އެ ބައެއްގެ ފަތުވާ ޤަބޫލުކުރެވޭ އަހުލުވެރިން އަރިހުގައި މަދަޙަ އެއީ ހުއްދަ އެއްޗެއް ނޫން

މިޒަމާނުގައި ދަޢުވަތުދިނުމުގެ ވަސީލަތްތައް މިވަނީ ގިނަވެފަ އެވެ. މީގެ ބައެއް ވަސީލަތްތަކާއިމެދު އަހަރެންނަށް ޝައްކު އުފެދެއެވެ. މިސާލަކަށް ތަމްސީލު ކުޅުމާއި އަނާޝީދު (މަދަޙަ) އެވެ. ފަހެ މިއީ ހުއްދަކަމެއްތޯ އެވެ. ނޫނީ ހުއްދަވެގެންނުވާ ކަމެއްތޯ އެވެ؟
  

އެބައެއްގެ ފަތުވާ ޤަބޫލުކުރެވޭ ޢިލްމުވެރިންގެ ފަރާތުން އަހަރެންނަށް އެނގިފައިވަނީ މިއީ ހުއްދައެއްޗެއް ނޫނެވެ. ސަބަބަކީ އަނާޝީދު (މަދަޙަ) އައިސްފައިމިވަނީ އިޚްވާނުލް މުސްލިމީންގެ ފަރާތުންނެވެ. "އިޚްވާނުލް މުސްލިމީން" ދެކޭގޮތުގައި އަނާޝީދަކީ މީސްތަކުން އިސްލާމް ދީނަށް ތަރުބިއްޔަތުކުރުމުގެ ބައިތަކުގެ ތެރެއިންވާ ބައެކެވެ. މިއަނާޝީދަކީ ސޫފީން އެމީހުންގެ "މުރީދު"ންގެ މައްޗަށް އަތްގަދަކުރުމުގެ ގޮތުން ގެނެސްގަތް އެއްޗެކެވެ. އެގޮތުން އެމީހުން މިއީ ވަސީލަތެއްކަމުގައި ދެކުނެވެ. މިއީ ތަޖުރިބާ ކުރެވިފައިވާ ޙުކުމެއް ކަމަށްދެކި މުސްލިމުންގެ އެކިއެކި ކަންތައްތަކުގައި އަނާޝީދު ބޭނުންކުރުމަށް ފެއްޓުނެވެ. އަހުލުލް-ޢިލްމް (ޢިލްމުވެރިން) މިއަނާޝީދު ފެތުރި ފާޅުވެދިޔަ ދުވަސްތަކުގައި މިއީ ހުއްދައެއްޗެއް ނޫންކަމުގައި ފަތުވާދެއްވި އެވެ. إمام أحمد އިރު ސޫފީން ގެނެސް އުޅުނު "ތަޣްބީރު" އާއި މިޒަމާނުގައި މިގެންގުޅޭ އަނާޝީދާއި އެއްގޮތެވެ. إمام أحمد ވިދާޅުވެފައިވެ އެވެ. "ހަމަ ޔަޤީނުން މިއީ އަލަށް ގެނެސްފައިވާ އެއްޗެކެވެ. މިއީ ބިދުޢައެކެވެ. މިކަމުން ބޭނުންވަނީ ޤުރުއާނުން  މީސްތަކުން އެއްކިބާކުރުމެވެ."


މި އަނާޝީދު ގެންގުޅޭ މީހުން ބުނަމުންދަނީ މިއީ ގެންގުޅުމަށް ހެޔޮވެގެންވާ އެއްޗެކެވެ. އެހެނަސް މިއީ ހެޔޮވެގެންވާ އެއްޗެއްނޫނެވެ. އަނާޝީދާއިމެދު ބުނެވެނީ ނުބައިވެގެންވާ އެއްޗެކެވެ.
****
ފަތުވާ ނަގާފައިވަނީ : من الشريط  " فتاوى علماء في ما يسمى بالأناشيد الإسلامية "

shaheem-anasheeds.png