ފަރުޟު ނަމާދަށް ފަހުގައި ޖަމާޢަތްހަދައި ދުޢާ ކުރުމުގެ ޙުކުމް - الإمام العلامة الشيخ صالح الفوزان حفظه الله

ކެޓަގަރީ ބިދުޢަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العلامة الشيخ صالح الفوزان حفظه الله

ފަރުޟު ނަމާދަށް ފަހުގައި ޖަމާޢަތްހަދައި ދުޢާ ކުރުމުގެ ޙުކުމް

ސުވާލު: ﷲ ޝެއިޚް އަށް ހެޔޮގޮތް މިންވަރު ކުރައްވާނދޭވެ.
ފަރުޟު ނަމާދުތަކަށް ފަހުގައި ޖަމާޢަތުގައި ދުޢާ ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި މިސްކިތުގައި އިމާމް ޖަމާޢަތުގައި ދުޢާކުރުން ދޫކޮށްލައިފިނަމަ، ފަހަރެއްގައި މިސްކިތުގައި ނަމާދުކުރާ މައުމޫމީން ނުރުހޭ އިމާމަކަށްވެ، އިމާމް މިސްކިތުން ބޭރުކޮށްލާނެ އެވެ. 


ޖަވާބު: އެންމެ ފުރަތަމައީ : އިމާމްއަށް އޮތީ މީސްތަކުންނަށް (އޮޅުން ފިލުވައިދީ) އުގަންނައި ދިނުމެވެ. އޯގާތެރިކަމާއި، ޙިކުމަތްތެރިކަމާއި އަދި ހެޔޮވެގެންވާ ރިވެތި ނަޞޭހަތުން އެމީހުންނަށް އުގަންނައި ދިނުމެވެ. އެމީހުންނަށް އުގަންނައި ދިނުމުން، އެ ޢިލްމު އެމީހުން ޤަބޫލު ނުކޮށްފި ހިނދުގައި، އެފަދަ ބިދުޢަވެރި މީސްތަކުންނާ އެކުގައި އޭނާ ހުރުމުގެ އެއްވެސް ފައިދާ އެއް ނެތެވެ. އޭނާ ބިދުޢަތަކަށް ތަބަޢަވުމަށް ބޭނުންވާ ބަޔަކާ އެކުގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިގޮތުގައި ހުރުމެއް ނުވެ އެވެ. އާއެކެވެ.

****
ފަތުވާ ނަގާފައިވަނީ : https://goo.gl/vyZaaE
.

ފަރުޟު ނަމާދަށް ފަހުގައި ޖަމާޢަތްހަދައި ދުޢާ ކުރުމުގެ ޙުކުމް