ވަޒީފާގައި އުޅޭތަނުން މިނިވަންދުވަހަށްޓަކައި އެކި މަސައްކަތްތައް ކުރުމަށް ބާރު އަޅާކަމުގައިވާނަމަ ޢަމަލު ކުރަނީ ކިހިނަކުންތޯއެވެ؟ - فضيلة الشيخ د.محمد غالب العمري حفظه الله
ތަރުޖަމާކޮށް ނަޤުލުކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
فضيلة الشيخ د.محمد غالب العمري حفظه الله
ސުވާލު: މިހާރު މި ފާހަގަކުރާ މިނިވަން ދުވަސް، މި ކަމުގައި ވަޒީފާގައި އުޅޭތަނުން ބާރު އަޅަނީ ބޮކިފަތި ދަމައި މިއުޒިކު ކުޅޭ ތަންތަނުގައި ކަރަންޓު ވައިރިން އެޅުމަށެވެ. މިކަމުގައި ހަދާނީ ކިހިނެއްތޯއެވެ؟
ޝެއިޚް: ގޮސްގެން ނުވާނެއެވެ. އެއްވެސް މަސްލަތެއްގައި ބައިވެރިވެގެން ނުވާނެއެވެ.
ސުވާލު: ވަޒީފާއަށް ނުކުންނަންޏާ އެމީހުން އެކަމަށް ބާރު އަޅައެވެ.
ޝެއިޚް: ޗުއްްޓީ ނަގާށެވެ. ނުވަތަ ސިކް ލީވް ނަގާށެވެ..
ސުވާލު: ޗުއްޓީއެއް ވެސް ނުނެގެއެވެ.
ޝެއިޚް: ވަޒީފާއަށްގޮސް ހީލަތެއް ހަދައިގެންވެސް އެކަންތަކުން ސަލާމަތްވާށެވެ. މަޖްބޫރު ކުރުވަންޏާ އެއީ އޭނާއަށް މަޖްބޫރީ ހާލަތުގައި ވިއްޔާ އެކަން އިންނާނީ މަޖްބޫރުވެގެން ކުރާ ކަމުގައެވެ.
****
މަޞްދަރު : ތިންވަނަ ދަޥްރާ ޢިލްމިއްޔާ 2015 - ޝެއިޚް މުހައްމަދު ޣާލިބު އަލް-އުމަރީ - ނަޤުލުކުރީ އުސްތާޛް އަބޫ އަނަސް މުހައްމަދު ހަސަން