މިނިވަން 50 ފާހަގަކުރުމާ އެކަމަށް ޖަމާޢަތުގައި ދުޢާކޮށް ބަކަރި ކަތިލައި ޞަދަޤާތް ކުރުމަކީ ހަރާމްވެގެންވާ މުންކަރާތެއް - ސަޢުދި އަރަބިއްޔާގެ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޝެއިޚް ޑރ. عرفات بن حسن المحمدي حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ބިދުޢަ

އުސްތާޛް އަބޫ އަނަސް، ސަޢުދި އަރަބިއްޔާގެ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. عرفات بن حسن المحمدي حفظه الله އަށް ސުވާލު ފޮވުވިއެވެ.

ސުވާލު: السلام عليكم އަހަރެމެންގެ ޝެއިޚް އެވެ. މި އަހަރަކީ ދަޥްލަތަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރޭ އަހަރެވެ. އެ ސަބަބައްޓަކައި ސަރުކާރުން ބޭނުންވަނީ މި އަހަރު ފާހަގަކުރުމަށެވެ. އަދި އެކަމުގައި ބައިވަރު ހަފްލާތައް ބޭއްވުމަށެވެ.

އޭގެ ތެރޭގައި؛ އަންނަ އާދީއްތަދުވަހު، އިޝާ ނަމާދަށް މުޞައްލާއަށް މީސްތަކުން އައިސް، ޖަމާޢަތުގައި ނަމާދުކޮށް، އެންމެން އެކުގައި ޖަމާޢަތުގައި ދުޢާކޮށް އަދި ބަކަރި ކަތިލައި ޞަދަޤާތް ކުރުމެވެ.

މި ޢަމަލުތައް ކުރުމުގެ ހުކުމަކީ ކޮބައިތޯއެވެ؟ މިނިވަންކަމަަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ހުކުމަކީ ކޮބައިތޯއެވެ؟

 

ޝެއިޚް حفظه الله ޖަވާބުގައި ވިދާޅުވިއެވެ.:

عليكم السلام ހުއްދައެއް ނުވާނެއެވެ. މުންކަރާތެކެވެ.

Minvan_50s.jpg