ރުޤްޔާ ކުރުން

 ރޭގަނޑުގެ ނުބައިކަަން، ސިޙުރުވެރިންގެ ނުބައިކަން އަދި ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވާނެ މަގު - العلاَّمة الشيخ محمد بن صالح العثيمين رحمه الله

ކެޓަގަރީ ރުޤްޔާ ކުރުން

 
﴿ وَمِن شَرِّ غَاسِقٍ إِذَا وَقَبَ  ﴾ މާނައީ: އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފި ހިނދު އެ ރޭގަނޑުގެ ނުބައިކަމުންވެސް މެއެވެ. ﴿ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ  ﴾ މާނައީ : އަދި ގޮށްތަކަށް ފުމޭ މީހުން (އެބަހީ: ސިޙުރު ހަދާ މީހުން) ގެ ނުބައިކަމުންވެސް މެއެވެ. ﴿ وَمِن شَرِّ حَاسِدٍ إِذَا حَسَدَ  ﴾ މާނައީ: އަދި ޙަސަދަވެރިޔަކު ޙަސަދަވެރި ވެއްޖެ ހިނދު އޭނާގެ ނުބައިކަމުން ވެސް މެއެވެ.

މިތަކެތިން ސަލާމަތްކަން ހޯދުންއޮތީ ކިހިނަކުން ހެއްޔެވެ؟
 

العلاَّمة الشيخ محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ. "މީހަކު ބުނެ އެވެ. މި ތިން ނުބައިކަމުން ސަލާމަތްވެ ރައްކާތެރިކަން ހޯދޭނެ ގޮތްތަކަކީ ކޮބައިހެއްޔެވެ؟ ފަހެ، އެހިނދު އަހަރެމެން ބުނަމެވެ. މި ތިން ނުބައިކަމުން ސަލާމަތްވެ ރައްކާތެރިވެވޭނެ ގޮތަކީ އިންސާނާ އޭނާގެ ހިތް ﷲ އަށް ބަރޯސާކުރުމެވެ. އަދި ﷲ އަށް އެކަންކަމުގައި ދެންނެވުމެވެ. އަދި ޙައްޤުވެގެންވާ ގޮތުގައި ﷲ އަށް ވަކީލު ކުރުމެވެ. އަދި މިކަންތައްތަކުން ނަފްސު ސަލާމަތްކޮށް ރައްކާތެރިވެ ކިއްލާވެގަތުމަށް ޝަރުޢީގޮތުން ވާރިދުވެގެންވާ ވިރުދުތައް ކިޔުމެވެ. މިފަހުގެ ދުވަސްތަކުގައި މީސްތަކުންގެމައްޗަށް ޙަސަދަވެރިންނާއި ސިޙުރުވެރިން އަދި އެފަދަ މީސްތަކުން އަރައިގެންފައިވަނީ މީސްތަކުން މި ޝަރުޢީ ވިރުދުތަކުގެ މައްޗަށް ޣާފިލުވުމުގައިވާ ބޮޑުކަމުންނެވެ. އަދި ﷲ އަށް ވަކީލު ކުރުމުގައި ބަލިކަށިވެފައިވުމެވެ. އަދި ޝަރުޢީގޮތުން ކިއްލާވެގަތުމަށް ވާރިދުވެގެންވާ ވިރުދުތައް ބޭނުންކުރުން މަދުވެފައިވުމެވެ.


ފަހެ، އެހެންނޫނީ އަހަރެމެންނަށް އެނގިފައިވަނީ ޝަރުޢީ ވިރުދުތަކަކީ ނުހަނު ގަދަފަދަ، ވަރުގަދައަށް އެކަންތައްތަކުން މަނާކުރާނެ ވަރުގަދަ ކިއްލާއެއްކަމުގަ އެވެ. އަދި އެއީ ޔައުޖޫޖް މައުޖޫޖްގެ ފާރަށްވުރެންވެސް ގަދަފަދަ ކިއްލާއެކެވެ.


އެހެނަސް ހިތާމައަކީ ވަރަށްވެސް ގިނަ މީސްތަކުންނަށް މި ޝަރުޢީ ވިރުދުތައް އޮޅުންފިލަފައިނުވުމެވެ. އަދި އޮޅުންފިލައިފައިވާ މީހުން އިންތިހާއަށް އޭގެ މަތިން ޣާފިލުވެގެންވާކަމެކެވެ.  


އަދި ވިރުދު ކިޔާމީހުންގެ ހިތްތައްވަނީ އެވިރުދުތަކުގެ މައްޗަށް ޙާޟިރުނުވެ އެވެ. މިއެންމެހައި ކަންކަމަކީ އެއަށްއޮތް ބަލިމަޑުމަޑުކަމެކެވެ. (ފުރިހަމަކަން ގެއްލުވާ، ނައްތައިލާނެ ކަމެކެވެ.)


އަދި މީސްތަކުން ޝަރީޢަތުގައި ވާރިދުވެގެންވާ ވިރުދުތައް އިސްތިޢުމާލުކޮށްފި ހިނދު، އެތައް އެތައް ނުބައިކަންތައްތަކުން އެބައިމީހުން ސަލާމަތްވެއްޖައީހެވެ. نسأل الله العافية و السلامة"

******
ފަތުވާ ނަގާފައިވަނީ : تفسير جز عم 1-354