ރުޤްޔާ ކުރުން

ރުޤްޔާ ކުރާ ހިނދުގައި ޖިންނި ގާތުގައި ސުވާލު ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ރުޤްޔާ ކުރުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ރުޤްޔާ ކުރުމޭ ބުނެ ކުރަމުންދާ ޚުރާފާތް

ސުވާލު: ފަޟީލަތުއް ޝެއިޚްއެވެ. ޝެއިޚްއަށް ﷲ ތައުފީޤް ދެއްވާށިއެވެ. ރުޤްޔާ ކުރުމުގެ ތެރޭގައި ޖިންނި ވާހަކަ ދައްކަން ފަށައިފިނަމަ، އެހިނދުގައި އަހަރެންނަށް ޖިންނި ކައިރިން ސިޙުރާއި އަދި ސިޙުރު ހެދި މީހާ ބެހޭގޮތުން ސުވާލު ކުރެވިދާނެ ހެއްޔެވެ؟

ޖަވާބު: ނޫނެކެވެ. ޣައިބުގައިވާ، ފޮރުވިގެންވާ ކަންތަކާ ބެހޭގޮތުން ސުވާލު ކޮށްގެން ނުވާނެއެވެ. ސިހުރާއި ބެހޭގޮތުން ސުވާލުކުރުމެއް ނުވެއެވެ. ޖިންނި ކައިރީގައި، ތިބާ ﷲ އަށް ބިރުވެތިވާށޭ، މި އިންސާނާގެ ހަށިގަނޑުން ނުކުމެގެން ދިއުމަށް އޭނާއަށް އަމުރުކުރާށެވެ. ﷲ އަށް ބިރުވެތިވުމަށާއި، މުސްލިމުންނަށް އަނިޔާވެރި ނުވުމަށް އޭނާއަށް އަންގާށެވެ. މިފަދައިން އޭނާއަށް ނަޞޭޙަތް ދޭށެވެ.
އެހެނަސް، ތިބާ އޭނާ ކައިރިން އެކިކަންކަމުގެ ޚަބަރު ދިނުމަށް އެދުމަކީ، ހުއްދަވެގެން ވާނެ ކަންތަކެއް ނޫނެވެ. ތިފަދަ ކަންތަކަކީ ޖިންނި ކައިރިން ވާގި އެދުމުގެ ތެރެއިންވާ ކަންތައްތަކެވެ. އާއެކެވެ.

****
ފަތުވާ ނަގާފައިވަނީ : HTTP://GOO.GL/KQIHF

މި ބައިގަނޑުގެ ނުބައިކަމާމެދު ރައްކާތެރިވޭ!!


މި ޒަމާނުގައި މީސްތަކުންނަށް ރުޤްޔާ ކުރުމޭ ބުނެ އެތަކެއް މީސްތަކުންނެއް ފާޅުވެފައި ވެއެވެ. ކޮންމެ މީހަކުވެސް މިކަމުގައި އަނެކަކާ އަށްވުރެ މޮޅަށް މޮޅެތި ގޮތްތަށް ހޯދައި ބަލިމީހާގެ ހިތް އޭނާގެ މައްޗަށް ލެނބޭނެ އެންމެހައި ގޮތްތައް ކުރަމުން ދެއެވެ.


އިޚްވާނުންނޭވެ! މި ރުޤްޔާ ކުރާ މީހުންގެ ތެރޭގައި މިއަދު ޖިންނި ގެނެސްގެންނޭ ބުނެ، ނުވަތަ ޖިންނި ކިޔަދެނީއޭ ބުނެ، ﷲ ނޫން އެހެންފަރާތްތަކަށް ޣައިބު އެނގިގެންވާ ކަމަށް މި ބައިމީސްތަކުން މިއަދު މިވަނީ ދަޢުވާ ކުރަން ފަށާފައެވެ.

މިކަން މިކުރަނީ ހަމަ ސުންނަތޭ ކިޔައިގެން އުޅޭ މީހުންނެވެ!