ވެރިންގެ މައްޗަށް ބަސްބުނެ އެބައިމީހުންގެ މައްޗަށް (ނުކުމެ، ބަސްތައްބުނުމަށް) ހިތްވަރުދޭ މީހާއަކީ ޚަވާރިޖުންގެ ތެރޭގައިވާ މީހެކެވެ. - الشيخ العلامة صالح الفوزان حفظه الله

ކެޓަގަރީ ވެރިންނާއި މެދު ސަލަފުންގެ މަންހަޖު


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشيخ العلامة صالح الفوزان  حفظه الله ދެއްވާފައިވާ ފަތުވާއެއް.

ސުވާލު : ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. މި ސުވާލުކުރާމީހާ ސުވާލުގައި ބުނެފައިވެ އެވެ.
ވަލިއްޔުލް އަމްރަށް އެއްޗެހިކިޔާ މީހަކަށް އަހަރެން ނަޞޭހަތް ދިނީމެވެ. އެއަށްފަހު އޭނާއަށް މިކަމުގައި އަހަރެން ނަޞޭޙަތްތެރި ވުމުގެ ސަބަބުން އޭނާ އަހަރެން ހަޖަރުކޮށްފި (އެކުއެކީގައި ގުޅުން ކަޑާލުން) އެވެ. އަދި އަހަރެންނަށް އޭނާ ފެނުމުން އަހަރެން އޭނާއަށް ސަލާމްގޮވުމުން، އޭނާ އަހަރެންގެ ސަލާމްއަށް ރައްދެއް ނުދިނެވެ. އެއަށްފަހުގައި އަހަރެން އޭނާ ހަޖަރު ކުރީމެވެ. މިކަމުގައި އަހަރެން ފާފަވެރިވާނެ ހެއްޔެވެ؟


ޖަވާބު : ތިޔައީ ޚަވާރިޖުންގެ ތެރޭގައިވާ (މީހެކެވެ.). ވެރިންގެ މައްޗަށް ބަސްބުނެ އެބައިމީހުންގެ މައްޗަށް (ނުކުމެ، ބަސްތައްބުނުމަށް) ހިތްވަރުދޭ މީހާއަކީ ޚަވާރިޖުންގެ ތެރޭގައިވާ މީހެކެވެ. والعياذ بالله. ތިޔަކަންތަކަކީ އޭނާއަށް ހުއްދަވެގެންވާ ކަންތައްތަކެއް ނޫނެވެ. ވެރިންނަކީ (ރައްޔިތުން އެބައިމީހުންނަށް) ޙައްޤުތަކެއް ދޭންޖެހޭ ބައެކެވެ. ވެރިންނެތި ތިޔަބައިމީހުންނަށް ދިރިއުޅެވޭނެތޯ އެވެ؟ سبحان الله. އެމީހަކަށް އޭނާގެ ގެ ވިއްކާލެވިދާނެ އެވެ. (އެހެނަސް) އޭނާއަށް ބާޒާރުތަކުގައި ވެރިއެއްނެތި އުޅެވޭނެ ހެއްޔެވެ. ވެރިންޤާއިމްވެފައި ތިބުމަކީ، އެއީ ޟަރޫރީ ކަންތައްތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެއްވެސް މީހަކީ، ވެރިއަކު ނެތި، ފުދިގެންވާ ބައެއް ނޫނެވެ. އެ ވެރިންނަށް ދުޢާކޮށްދީ އެ ވެރިންނަށް އޯގާތެރިވެ (އެހީތެރިވެ) އަދި ﷲ އަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި އެބައިމީހުންނަށް ކިޔަމަންގަންނަންޖެހެ އެވެ. އަދި ވެރިންނާއި ދިމާލަށް ބަސްތައް ބުނެ، ވެރިން އިހާނާތްތެރިކޮށްގެން ނުވާނެ އެވެ. އަދި މީސްތަކުންގެ ތެރޭގައި ވެރިންނަކީ ދެރަނިކަމެތި ކޮށްގެން ނުވާނެ އެވެ. މިއީ ޚަވާރިޖުންގެ ޢަމަލުތަކެވެ. (މި މީހުންނަކީ) ޞަޙާބީން އެބަޔަކާ ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރެއްވި މީހުންނެވެ. އެބައިމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވި އެވެ. ސަބަބަކީ އެބައިމީހުންނަކީ ބިންމަތީގައި ފަސާދަކުރާ ބައެކެވެ.


އޭނާއަށް ނަޞޭޙަތް ދިނުމުގައި ތިބާވަނީ، އެކަމުގައި ޙައްޤުގޮތުގައި އެވެ. (އެކަމުގައި ތިބާ ޢަމަލުކުރިގޮތް ރަނގަޅެވެ.) އަދި އޭނާއަށް (ނަޞޭޙަތް ދިނުމަށްފަހުގައި) އޭނާ އެ ނަޞޭޙަތް ޤަބޫލު ނުކުރުމުން އޭނާ ޙަޖަރު ކުރުމުގައި ތިބާވަނީ ޙައްޤުގޮތުގަ އެވެ. (އެކަމުގައި ތިބާ ޢަމަލުކުރިގޮތް ރަނގަޅެވެ.)


އަދި މިވަރުން ނުފުދެ އެވެ. މީނާ އާއި މީނާއަށް ތަބަޢަވުމުގައިވާ އެންމެހައި މީސްތަކުންގެ ވާހަކަ ތިބާ މީސްތަކުންނަށް ބަޔާންކުރުން ހުއްޓެވެ. އަދި މީސްތަކުންނަށް މީނާ އަދި މީނާއަށް ތަބަޢަވާ އެންމެހައި މީސްތަކުންގެ މައްޗަށް އިންޒާރު ދިނުން ހުއްޓެވެ. އެއީ މީބައިމީހުންގެ މި (ނުބައިކަންތައްތައް) ހުއްޓުވުމަށްޓަކަ އެވެ. އާއެކެވެ.


*****
ފަތުވާ ނަގާފައިވަނީ :  http://goo.gl/svuzqk

 

الشيخ العلامة صالح الفوزان  حفظه الله ވިދާޅުވެފައިވެ އެވެ.

"ވެރިންނާއި ދިމާލަށް އެއްޗެހި ކިޔުމާއި، އެބައިމީހުންގެ ނުބައި ވާހަކަތައް ޕޯޑިއަމްތަކުގައި ދައްކައި، ވެރިން އެގޮތުގައި މީސްތަކުންގެ ތެރޭގައި މަޝްހޫރުކޮށް މީސްތަކުން ވެރިންގެ މައްޗަށް ނަފްރަތު ކުރުވުމަކީ، ޔަހޫދީ އިބްން ސަބައަ އަދި ޚަވާރިޖުންގެ މަންހަޖެވެ." http://goo.gl/DCmPN4

 

އިޚްވާނުންނޭވެ! މި މީސްތަކުންގެ ޙަޤީޤަތް އެނގިގަންނަ ހުއްޓެވެ. މިކަންތައް އެބަޔަކު ކުރަނީ "ސަލަފުން" "ޢަދާލަތު" ގެ ނަމުގަ އެވެ. ޙަޤީޤަތަކީ އެބައިމީހުންނަކީ ޝެއިޚް ވިދާޅުވި ބަސްތަކުގައިވާ ޖަވާބެވެ!؟ ޚަވާރިޖުންނެވެ!