ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުން

ﷲ ބާވައިލެއްވި ޙުކުމަށް ނޫން ޝަރީޢަތަށް ޙުކުމް ކުރާ 4 ބާވަތުގެ މީހުން - سماحة الشيخ عبدالعزيز بن باز رحمه الله

ކެޓަގަރީ ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުން

سماحة الشيخ عبدالعزيز بن باز رحمه الله ވިދާޅުވިއެވެ.

"ﷲ ގެ ޙުކުމަށް، ޙުކުމް ނުކުރާ މީހާ، 4 ބައިގެ ތެރެއިން ކޮންމެވެސް އެއްބައެއްގެ ތެރެއަށް ވަންނާނެ އެވެ.

ފުރަތަމައީ: އެމީހަކު ބުނެ އެވެ. އަހަރެން މިއަށް (މީސްތަކުން އަމިއްލައަށް ހަދައިފައިވާ ވަޟުޢީ ޤާނޫނަށް) އަހަރެން ޙުކުމް ކުރާނަމެވެ. ސަބަބަކީ، މިއީ ﷲ ގެ ޝަރީޢަތަށް ވުރެ ހެޔޮވެގެންވާ ޤާނޫނެކެވެ. ފަހެ މި މީހާވަނީ، ބޮޑު ވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ދެވަނައީ: އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. ސަބަބަކީ، މިއީ އިސްލާމީ ޝަރީޢަތް އެއްފަދަ (އެއްހަމަ) އެއްޗެކެވެ. މިއަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. އަދި ﷲ ގެ ޝަރީޢަތަށްވެސް ޙުކުމް ކުރުން ޙުއްދަވެގެންވެ އެވެ. ފަހެ، މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ތިންވަނައީ: އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުން އައުލާ، ހެޔޮކަން ބޮޑުވެގެންވެ އެވެ. އެހެނަސް ﷲ ގެ ޙުކުމް ނޫން ޙުކުމަކަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. ފަހެ މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ހަތަރުވަނައީ: އެމީހަކު ބުނެ އެވެ. އަދި އޭނާ ޢަޤީދާގައި ޤަބޫލުކުރާ ގޮތުގައި، ﷲ ގެ ޝަރީޢަށް ނޫން އެއްޗަކަށް ޙުކުމް ކުރުން ހުއްދައެއް ނޫނެވެ. އަދި އޭނާ ބުނެ އެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެނޫން (ޤާނޫންތަކަށް) ޙުކުމް ކުރުން ޙުއްދައެއް ނުވާނެ އެވެ. އެހެނަސް އޭނާ އަކީ ފަރުވާކުޑަ މީހެއްގެ ގޮތުގައިވެ، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރެ އެވެ. މިފަދަ މީހާއަކީ ކުޑަ ކުފުރަށް އަރައިގެންފައިވާ މީހެކެވެ. މިއްލަތުން ބޭރު ނުވާނެ އެވެ. އަދި އޭނާ އަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ މަތީގައިވާ މީހެއްގެ ގޮތުގަ އެވެ." قضية التكفير بين أهل السنة وفرق الضلال ص72 – 73