ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް.

ޝެއިޚް ވިދާޅުވެފައި ވެއެވެ.
"އަހުލުއްސުންނަތް ވަލް ޖަމާޢަތުގެ ޢިލްމުގެ އަހުލުވެރިންނާއި، އީމާންކަމުގެ އަހުލުވެރިންނަށް އަދި ﷲއަށް ޓަކައި ލޯބިވާ އަޚުންނަށް ޒިޔާރަތް ކުރުމަކީ ﷲއަށް ކުށްތަންވެވޭ ކުށްތަން ވުމެކެވެ. އެހެނަސް އެއްވެސް ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ އަދި މިފަދަ އެއްވެސް ސަބަބެއްގެ ގޮތުން ޒިޔާރަތްކުރުން ހުއްދައެއް ނުވާނެއެވެ. ޢިލްމުގެ ދަރިވަރަކު އެމީހުންނަށް އެ ބިދުޢަތަކުން އިންޒާރު ދިނުމަށް އަދި ހަނދުމަކޮށް ދިނުމަށް ޒިޔާރަތް ކުރުން އެއީ އަޖުރު ލިބިދޭނެ އަދި ޝުކުރު ލިބިދޭނެ ކަމެކެވެ. ސަބަބަކީ އެއީ ﷲ އަށްޓަކައި ދަޢުވަތު ދިނުމެކެވެ. އަދި އެއީ އަމުރު މަޢުރޫފްގެ ބާބުގެ ތެރެއިންވާ ކަމެކެވެ. ތިބާ ޒިޔާރަތްކުރީ ނަޞޭޙަތް ދިނުމަށާއި އަދި ހެޔޮވެގެންވާ ގޮތް ބަޔާންކުރުމަށް ކަމުގައިވާނަމަ ތިބާއަށް އެކަމުގެ އަޖުރު ލިބޭނެއެވެ. އަދި އެކަމުން ފާއިދާއެއް ނުކުންނާނެ ކަމުގައިވާނަމަ އެކަން ދޫކޮށް ނުލާށެވެ. އެހެނަސް އެއާއި ޚިލާފަށް އެބައިމީހުން އެކަންތަކުގައި ދެމިތިބެ އެކަމަށް އިޖާބަ ނުދީފިނަމަ އެމީހުން ދޫކޮށްލާށެވެ."


ފަތުވާ ނަގާފައިވަނީ :من موقعه.

 

CeUxDJKWwAQTtxw.jpg_large.jpg

ހިޒްބީންގެ ޝުބުހަތައް:

Toyyib_visitdoubt1.jpg

Toyyib_visitdoubt2.jpg