ޒުވާނުން ދީނަށް ގެނައުމުގެ ނަމުގައި ޕިކްނިކް ދަތުރު ދިއުމަކީ ބިދުޢަވެރިން (އިޚްވާނީން) ގެ އުޞްލޫބެއް - الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

ކެޓަގަރީ ދަޢުވަތް ދިނުމުގެ މަންހަޖު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلاَّمَة الشَّيْخُ رَبِيْعُ بنْ هَادِيْ حفظه الله

ޒުވާނުން ދީނަށް ގެނައުމުގެ ނަމުގައި ޕިކްނިކް ދަތުރު ދިއުމަކީ ބިދުޢަވެރިން (އިޚްވާނީން) ގެ އުޞްލޫބެއް

ސުވާލު: ބައެއް މީސްތަކުން ދަތުރުދިއުމަކީ ޒުވާން ކުދިން ދީނަށް ގެނުމަށް އޮތް މަގެއްކަމުގައި ހަދައި ދަތުރުތައް ރާވައި އެގޮތުގައި ހަދައި އުޅެވެ. ﷲ ދީނަށް ދަޢުވަތް ދިނުމަށްޓަކައި މި ޢަމަލު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ ޝެއިޚް އަރިހުގައި ދެންނެވި ހިނދުގައި ޖަވާބުގައި ވިދާޅުވި އެވެ.
ޖަވާބު: ހުރިހައިވެސް ހެޔޮކަމަކީ އަހަރެމެންގެ އިސްވެ ގޮސްފައިވާ ސަލަފުންނަށް ތަބަޢަވުމެވެ.
        އަދި ހުރިހައިވެސް ނުބަޔަކީ އެއަށްފަހުގައި އައި މީސްތަކުން ގެނައި ކަންތައްތަކެވެ.


ދަތުރުގޮސްގެން މީސްތަކުން ދީންވެރިކުރުމުގެ (ތަރުބިއްޔަތު) ކުރުމަކީ އިޚްވާނީންގެ އުޞްލޫބުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެއީ ބިދުޢައިގެ އަހުލުވެރިންގެ އުސްލޫބެކެވެ. މިސްކިތަކީ މަޑުމޮޅިކަމާއި، އަދި މަތިވެރިކަން ލެވިގެންވާތަނެކެވެ. މިސްކިތަކީ އެތަނަށް މަލާއިކަތުން ފައިބާ ވަޑައިގަންނަވާ ތަނެވެ. އެތަނުގައިވާ މީސްތަކުން ރަޙްމަތުން ފޮރުވާލެވިގެންވެ އެވެ. ﷲ ގެ ގެކޮޅުގައި ދެވޭ ދަޢުވަތުގައި، ﷲ ބަރަކާތް ލައްވާނެތެވެ. އެކަލާނގެ އެތަން ބިނާކުރުމަށް އަމުރުކުރައްވާފައިވަނީ އެތަކުގައި އެކަލާނގެ ޛިކުރު ކުރުމަށާއި އެކަލާގެއަށް ޙަމްދު ކުރުމަށާއި އެކަލާނގެ މާތްކޮށް މަތިވެރި ކުރުމަށްޓަކަ އެވެ. އެކަމަށްޓަކައި ކުރެވޭ ކަންތަކުގެ ތެރޭގައި މިސްކިތްތަކުގައި ޢިލްމު ޙާޞިލްކުރުން ހިމެނެ އެވެ.


ފަހެ އަހަރެމެން، މަގުފުރެދިފައިވާ، ބިދުޢައިގެ އަހުލުވެރިން (ޢަމަލުކުރާ ފަދައިން) އެމީހުންނާއި އެއްފަދައިން މިފަދަ ކަންތައް ކުރާކަށެއް ނުދާނަމެވެ.
ފަހެ، އަހަރެމެން މިސްކިތްތަކުގައި އިށީނދެތިބެ، ސަލަފުއް ޞާލިޙުންގެ މަގުގައި އަހަރެމެން ޢިލްމު އުނގެނޭނީ އެވެ. ރަސޫލާ ﷺ (މީސްތަކުން) ތަރުބިއްޔަތު ކުރެއްވީ މިސްކިތުގަ އެވެ. މި އުއްމަތުގެ ސަލަފުއް ޞާލިޙުން ވޭތުވެ ގޮސްފައިވާ ތާރީޚަށް ބަލާއިރު، އެބައިމީހުން ޢިލްމު އުނގެނިފައިވަނީ، ހޯދާފައިވަނީ މިސްކިތުންނެވެ. އެންމެ މަތީފަންތީގެ ބޮޑެތި ޢިލްމުވެރިން ނުކުންނެވީ މިސްކިތްތަކުންނެވެ.


ތިފަދަ ދަތުރުތަކުން ޢިލްމުވެރިއެއް، އަދި ކިޔެއްތޯ ޢިލްމު ޙާޞިލްކުރާ ދަރިވަރެއްވެސް ނުނުކުންނާނެ އެވެ.
***
ފަތުވާ ނަގާފައިވަނީ :  كشف الستار ص 13-14.

JS_Dhathuru.jpg