އަލް-ވަލާ ވަލް-ބަރާ البراء والولاء لله سبحانه

ކޮންމެ މީހަކުވެސް ވަނީ އޭނާގެ ރަޙްމަތްތެރިޔާ ގެ ދީނުގެ މަތީގަ އެވެ. - الشيخُ العلاَّمة عَبد المُحسن العَبَّاد حفظه الله

ކެޓަގަރީ އަލް-ވަލާ ވަލް-ބަރާ البراء والولاء لله سبحانه

 

"رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (الرجل على دين خليله فلينظر أحدكم من يخالل) "އެމީހަކު ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގަ އެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އޭނާ އެކުވެރިވެ އުޅެނީ ކާކުއާ އެކުގައިކަން ބެލުންހުއްޓެވެ."

މި ހަދީޘްގެ ޝަރަޙައިގައި الشيخُ العلاَّمة عَبد المُحسن العَبَّاد حفظه الله ވިދާޅުވިއެވެ. "މާނައީ : ތިބާ ރަނގަޅު ހެޔޮލަފާ އެކުވެރިއެއް މެނުވީ ޚިޔާރު ނުކުރާށެވެ. އެ އެކުވެރިޔާއަކީ އަށް ކިޔަމަންވުމަށާއި، ހެޔޮ އަޅުކަންތައް ކުރުމަށް ތިބާއަށް ވާގިވެރިވާ ފަރާތެއް ކަމުގައިވުމެވެ. ފާފަތަކަށް، އުރެދުންތަކުގެ މައްޗަށް ގެންގޮސްދޭ ވާގިވެރިވާނެ އެކުވެރިއެއް ނުހޯދާށެވެ. ނުވަތަ އޭނާގެ ސަބަބުން ޙައްޤު މަގުން އެއްކިބާވެގޮސްދާނެ އަދި ޙައްޤު ސީދާ މަގުން އެއްފަރާތްކޮށްލާނެ ރަޙްމަތްތެރިއެއް ނުހޯދާށެވެ. ސަބަބަކީ ގިނަމީސްތަކުންނަށް ބަލާވެރިކަން ކުރުމަތިވެފައިވަނީ ނުބައި މީސްތަކުންނާ މައްސުނިވެ އެކުގައި އެކުވެ އުޅުމުގެ ސަބަބުންނެވެ. ފަހެ، ދީނުގައި ފުރިހަމައަށް ޤާއިމްވެގެންވާ، ފައިދާކުރާނެ އެކުވެރިންނާއި، ރަޙްމަތްތެރިން ހޯދުން އެއީ ފައިދާކުރާނެ ގޮތެވެ."

****
ފަތުވާ ނަގާފައިވަނީ : شرح سنن أبي داود ج٥٤٨ ص٦٥