ޝަރުޢީ ޒިކުރު الأذكار الشرعية

اللهم صل على محمد (ﷺ) ގެ މާނަ - الإمام العَلَّامة الشيخُ محمد بن صالح العثيمين رحمه الله

ކެޓަގަރީ ޝަރުޢީ ޒިކުރު الأذكار الشرعية

الإمام العَلَّامة الشيخُ محمد بن صالح العثيمين رحمه الله ވިދާޅުވިއެވެ. "(اللهم صل على محمد) މިކަލިމަ މީސްތަކުންގެ ތެރެއިން ގިނަމީހުން ކިޔައި ހަދާއިރު އަދި މިދުޢާ ކުރާހިނދުގައި އެބައި މީހުންގެ ތެރެއިން ގިނަ މީހުންނަށް މި ބަސްތަކުގެ މާނަ އޮޅުންފިލާފައެއް ނުވެއެވެ. މިއީ ނުހަނު ނުބައި ކަމެކެވެ. ތިބާ ކިޔަންޖެހޭނީ އޭގެ މާނަ ތިބާއަށް އޮޅުންފިލައިވާ އެއްޗެކެވެ. ދުޢާކުރަން ޖެހޭނީ އަމިއްލައަށް އޭގެ މާނަ އޮޅުންފިލާފައިވާ ބަސްތަކުންނެއެވެ. އެއީ ފާފައަކަށް ނުވަތަ ނުބައި ކަމަކަށް ދުޢާ ނުކުރުމަށެވެ. ތިބާ "اللهم صل على محمد" ބުނާ ހިނދުގައި އެބުނެވެނީ ޔަޢުނީ : ހައްދާ ގެންގުޅުއްވާ އިލާހެވެ. މަލައުލް ޢައްލާގައި ނަބިއްޔާއަށް ޘަނާގެ ބަސްތައް ލައްވާނދޭވެ. ޘަނާގެ ބަސްތައް ލައްވާނދޭވެ، މިބަސްތަކުގެ މާނައަކީ ޔަޢުނީ : ރިވެތި ވެގެންވާ ސިފަތަކުން ނަބިއްޔާ ހަނދުމަ ކުރާހުށިކަމެވެ. މަލައުލް އަޢްލާ އަކީ، މަލާއިކަތުންނެވެ. އެެހެންވުމުން ތިބާ "اللهم صل على محمد" ބުނެލާހިނދުގައި، ތިބާއަށް އެ ބުނެވެނީ ހައްދަވާ ގެންގުޅުއްވާ އަޅުގެ ވެރި އިލާހެވެ. ނަބިއްޔާ ރިވެތި ސިފަތަކުން ސިފަކުރައްވައި މަލާއިކަތުންގެ އަރިހުގައި ޒިކުރު ކުރައްވާނދޭވެ. އެއީ އެމަލާއިކަތުން ނަބިއްޔާ ދެކެ އެހިނދުގައި ލޯބިވާވަރު އިތުރުވެ، އަދި ޘަވާބު އިތުރުވެގެން ދިއުމެވެ." "اللهم صل على محمد" ގެ މާނައަކީ މިއެވެ." شرح رياض الصالحين