ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ފިތުރު ޒަކާތް ނެރުން ހުއްދަވެގެން ނުވެއެވެ. - الإِمَامُ ابن العثيمين رحمه الله

ކެޓަގަރީ ފިތުރު ޒަކާތް

ސުވާލު:  ރަމަޟާންމަހުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި ޒަކާތް ނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި ފައިސާއިން ޒަކާތްނެރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

 

ޖަވާބު:  ރަމަޟާންމަހުގެ ފުރަތަމަ ދުވަސްތަކުގައި ޒަކާތްނެރުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް (ޒަކާތް އެންމެ އަވަހަށް ނެރުން) ހުއްދަވާނީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ. ސަބަބަކީ އެއީ ފިތުރު ޒަކާތް ކަމުގައި ވުމެވެ. ފިތުރު އެއީ މަހުގެ އެންމެ ފަހުކޮޅު ކަމުގައި ނޫނީ ނުވާނެ އެވެ. ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް އަމުރުފުޅު ކުރެއްވީ، މީސްތަކުން ޢީދު ނަމާދަށް ދިއުމުގެ ކުރީގައި ޒަކާތް އަދާކުރުމަށެވެ. އެއާ އެކުގައި ޞަޙާބީން ޒަކާތް ނެރުއްވީ ޢީދު ދުވަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިންނެވެ.


ޒަކާތް ފައިސާއިން ނެރުނުމީހާގެ ޒަކާތަކީ ހުއްދަވާނެ (ޒަކާތް ނެރުނު ކަމުގައިވާނެ) ޒަކާތެއް ނޫނެވެ. ސަބަބަކަށްވަނީ (ޒަކާތް) ފަރުޟު ކުރައްވާފައިވަނީ ކާބޯތަކެތިން ދިނުމެވެ.

ابن عمر رضي الله عنه ވިދާޅުވެފައިވެ އެވެ. (فرض رسول الله صلى الله عليه وسلم زكاة الفطر صاعا من تمر أو صاعا من شعير) "ކަދުރުން ޞާޢު އެއްގެެ މިންވަރުން ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރުން ރަސޫލާ صلى الله عليه وسلم ޒަކާތް ފަރުޟު ކުރެއްވި އެވެ."
أبو سعيد الخدري رضي الله عنه  ވިދާޅުވެފައިވެ އެވެ. (كنا نخرجها على عهد النبي صلى الله عليه وسلم صاعا من طعام وكان طعامنا التمر، والشعير، و الزبيب، والأقط) "އަހަރެމެން ނަބިއްޔާ صلى الله عليه وسلم ގެ ޢަހުދުގައި ކާބޯތަކެތީން ޞާޢު އެއްގެ މިންވަރު ނެރެމެވެ. އެދުވަސްތަކުގައި އަހަރެމެންގެ ކާބޯތަކެއްޗެއްގެ ގޮތުގައިވަނީ، ކަދުރު، ގޮދަން، ހިކިމޭބިސްކަދުރު އަދި އަޤިތް އެވެ."

 

ފަހެ، މި ދެޙަދީޘް އިން ބަޔާންވެގެންދަނީ، ފިތުރު ޒަކާތް ކާބޯތަކެތިން ނޫން އެއްޗަކުން ހުއްދައެއް ނުވާނެ ކަމުގައެވެ. އަދި ފިތުރު ޒަކާތް ކާބޯތަކެތިން ނެރުމަކީ އެންމެހައި ފަރާތްތަކަށް ފާޅުކޮށް ބަޔާންވެގެންދާނެ ކަމެކެވެ. އަދި ގޭގެ އެންމެހައި އަހުލުވެރިންނަށް އެކަން ބަޔާންވެ އެނގިގެންދާނެ އެވެ. އެހެނަސް ފައިސާއިން ނެރުމަކީ، ޒަކާތް ވަންހަނާވެ، ފާޅުކަމެއް ނެތްގޮތުގައި ދެވޭ ގޮތެކެވެ. ފަހެ އިންސާނަކު އޭނާގެ އަމިއްލަ ނަފްސަށް އެގޮތްދެކިގެން، ފައިސާއިން ޒަކާތްނެރެ އެވެ. އެހިނދުގައި އޭނާ ޒަކާތުގެ އަގުދަށްކޮށްލަ އެވެ. ފަހެ، ހުރިހައި ހެވެއް އަދި ބަރަކާތެއްވަނީ، ޝަރީޢަތަށް ތަބަޢަވުމުގަ އެވެ.  


ފަހަރެއްގައި މީހަކު ބުނެދާނެ އެވެ. ހަމަކަށަވަރުން ކާބޯތަކެތީން ޒަކާތް ނެރުމުން ފަޤީރުންނަށް އެއިން މަންފާއެއް ނުކުރެ އެވެ.
ޖަވާބުގައި ބުނަމެވެ. ހަމަކަށަވަރުން އެ ފަޤީރަކީ، ޙަޤީޤަތުގައިވެސް ފަޤީރެއްކަމުގައި ވާނަމަ، ކާބޯތަކެތިން އޭނާއަށް ފައިދާ ކުރާނެ އެވެ.

ފަތުވާ : مجموع فتاوى ج 18 ص 264
***

ރަމަޟާންމަހުގެ އެންމެ ފަހު ދެދުވަހުގެ ކުރިން ޒަކާތް ނެރުމަކީ (މިސްކީނުންނާއި ފަޤީރުންނަށް ޒަކާތް ބަހާލުމަކީ) ކަޑައެޅިގެން، ނަބިއްޔާގެ صلى الله عليه وسلم ސުންނަތާއި ޞަޙާބީންގެ މަގު ދޫކޮށްލައިފި މީހެކެވެ.