ފިތުރު ޒަކާތް ފައިސާ އިން ނެރުން ހުއްދައެއް ނުވާނެ އެވެ. - ސަޢުދި އަރަބިއްޔާގެ ފަތުވާ ކޮމެޓީ

ކެޓަގަރީ ފިތުރު ޒަކާތް

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


اللجنة الدائمة للبحوث العلمية والإفتاء

ސުވާލު: ފިތުރު ޒަކާތް ފައިސާ އިން ނެރުމުގެ ހުކުމަކީ ކޮބާ؟

 

ޖަވާބު: ތިގޮތަށް ޢަމަލުކުރުން (ފިތުރު ޒަކާތް ފައިސާ އިން ނެރުން) ހުއްދައެއް ނުވާނެ އެވެ. އޭގެ ޙައްޤުގޮތަކީ ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވިފަދައިން ކާބޯތަކެތީން ނެރުމެވެ. މިއީ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތެވެ. ކާބޯތަކެތީގެ ބަދަލުގައި ފައިސާއިން ޒަކާތްނެރެވިދާނެ ކަމަށް ބުނާބުނުމަކީ  ޟަޢީފް (ބަލިކަށި) ޤައުލެކެވެ. ޙައްޤުގޮތަކީ، ހަމަކަށަވަރުން މުސްލިމުންނަށް ވާޖިބުވެގެންވަނީ ފިތުރު ޒަކާތް ކާބޯތަކެތީން ނެރުމެވެ. އެއީ އެ ޤައުމެއްގެ އަހުލުވެރިން ކާބޯތަކެތިން ޞާޢު އެއްގެެ މިންވަރެވެ. (މުސްލިމުންނަށް) ވާޖިބުވެގެންވަނީ މިފަދައިން ޢަމަލުކުރުމެވެ. އެއްވެސް މީހަކަށް (ފިތުރު ޒަކާތް) ނެރުމުގައި ފައިސާއިން ދެވިދާނެ ކަމަށްބުނެ އިޖްތިހާދުކުރުން ހުއްދަވެގެންނުވެ އެވެ.

ފަތުވާ : مجموع فتاوى ج 15 ص 290



މިއަދު ފިތުރު ޒަކާތްނެރުމަށް ގޮވާލާ ގޮތް! ނޫސްޕޭޕަރ ތަކުގައި ލިޔެ، ބަޔާންކޮށްފައިވާ ގޮތް!

1.zakatnews.png

ތަފާތު ބައްލަވާ! ތިބާގެ ޒަކާތަކީ ބާތިލް ޒަކާތެއްގެ ގޮތުގައި ނަހައްދަވާ!