 ޤައުމުން ބޭރުގައި އުޟުހިއްޔާ ކަތިލުމުގެ ހުކުމް - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ކެޓަގަރީ އުޟްޙިއްޔާ ކަތިލުން

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ސުވާލު: السلام و رحمة الله و بركاته، އަހަރުމެންގެ ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ހެޔޮ ޞިއްޙަތާއި ޢާފިޔަތް ދެއްވުމަށްއެދި އަހަރެމެން ދުޢާ ދަންނަވަމެވެ. ޝެއިޚް އެވެ. އަހަރުމެންގެ އަޚުން ޢީދު ދުވަހުގައި (އުޟްޙިއްޔާ) ކަތިލުމަށްޓަކައި ފާއިތުވީ އަހަރުތަކުގައި ކަންބަޅިތައް އިންޑިޔާ އިން ގަނެގެން ބޯޓުން އެ އެއްޗެހި ގެނެސް ކަތިލަ އެވެ. އެހެނަސް މި އަހަރުގައި، ކަންބަޅިތައް (ބޯޓުތަކުގައި) ގެނައުމުގެ ކުޅަދާނަކަން ލިބިގެން ނުވުމުން، އަހަރެމެންނަށް އަހަރެމެންގެ ޤައުމުގައި ކަތިލުމަށް ކުޅަދާނަވެގެންނުވެ އެވެ. މި ސަބަބަށްޓަކައި، އަހަރުމެންގެ އަޚުން ޝެއިޚްގެ އަރިހުގައި ސުވާލު މި ދަންނަވަނީ، ޤައުމުން ބޭރުގައި އުޟްޙިއްޔާ ކަތިލުން ހުއްދަވާނެތޯ އެވެ. (އެއީ އިންޑިޔާގައި ނުވަތަ ސިރީލަންކާގަ އެވެ.) އަދި، އެތަނުގައި ކަތިލާ ކަންބަޅީގެ މަސް އަހަރުމެންނަށް އޭގެ ފަހުގައި ގެނެވޭނެ ކަމުގައި ކުޅަދާނަކަން އޮތްކަމުގައި ޝެއިޚް އަރިހުގައި ދަންނަވަމެވެ.


ޖަވާބު: و عليكم السلام و رحمة الله و بركاته ތިޔަ ސުވާލުގައި ސިފަކޮށްފައިވާ ފަދައިން، އުޟްޙިއްޔާ ޤައުމުން ބޭރުގައި ކަތިލުމަކީ އެއްވެސް މަނާކަމެއް އޮތް ކަމެއް ނޫނެވެ.

 

*****

މި ސުވާލަކީ 2014 ވަނަ އަހަރު الشَّيْخُ عُبَيْدُ الجَابِرِيْ -حفظه الله- އަށް އަހަރެން ފޮނުވި ސުވާލެކެވެ.  ޝެއިޚް އަށް ފޮނުވި ސުވާލާއި އޭގެ ޖަވާބެއެވެ.