5  އުޟްޙިއްޔާ ކަތިލާ މީހުންގެ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އެމީހުންގެ ނިޔަފަތި ކެނޑުމުންނާއި އަދި އިސްތަށިކޮށުން އެބައިމީހުންގެ މައްޗަށް ހުއްދަވާނެތޯ އެވެ؟ - الشَّيْخُ عُبَيْدُ الجَابِرِي - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އުޟްޙިއްޔާ ކަތިލާ މީހުންގެ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އެމީހުންގެ ނިޔަފަތި ކެނޑުމުންނާއި އަދި އިސްތަށިކޮށުން އެބައިމީހުންގެ މައްޗަށް ހުއްދަވާނެތޯ އެވެ؟ - الشَّيْخُ عُبَيْدُ الجَابِرِي

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުޟްޙިއްޔާ ކަތިލުން

އުޟްޙިއްޔާ ކަތިލުމުގެ އަހުލުވެރިންނަށް ހަނދުމަކޮށްދިނުން!

ސުވާލު: (އުޟްޙިއްޔާ ކަތިލާ މީހުންގެ ތެރެއިން) މިއަހަރުގައި ޙައްޖުގެ އަޅުކަން ނުކުރާމީހުންނަށް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އެމީހުންގެ ނިޔަފަތި ކެނޑުމުންނާއި އަދި އިސްތަށިކޮށުން އެބައިމީހުންގެ މައްޗަށް ހުއްދަވާނެތޯ އެވެ؟ جَزاكُمُ الله خَيْرا

ޖަވާބު:

ފުރަތަމައީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ފެއްޓޭނީ ސަޢުދީ ޢަރަބިއްޔާއިން ހަނދުފެނިއްޖެ ކަމަށް އިޢުލާން ކުރީމަ އެވެ. ސަބަބަކީ، ޙައްޖުކުރެވޭ ތަނަކީ އެއީ އެވެ. އަދި ﷲ ގެ މަތިވެރިވެގެންވާ ގެކޮޅުވަނީ އެތަނުގައި ވުމުންނެވެ.

 

(ދެވަނައީ) ޙައްޖުމަސް އައުމާއި އެކީގައިގައި، އުޟްޙިއްޔާ ކަތިލުމަށް ބޭނުންވާ މީހާ، އޭނާގެ ބޯ ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި އަދިވެސް އެހެނިހެން އިސްތަށިތައް ކެނޑުމުން އެކަހެރިވާން ޖެހޭނެ އެވެ. صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. إِذَا دَخَلَ الْعَشْرُ وَأَرَادَ بَعْضُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعْرِهِ وَبَشَرِهِ شَيْئًا "އުޟްޙިއްޔާ ކަތިލުމަށް ބޭނުންވެ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ބައްދަލުކުރުމުން، އެމީހަކު އެނާގެ އިސްތަށި ކެޑުމުންނާއި، އަދި ހަންގަޑުގައި ނުބީހުން ހުއްޓެވެ." މި ޙަދީޘް އިމާމް مسلم، أم سلمة رضي الله عنها ގެ ފަރާތުން ރިވާކޮށްފައިވެ އެވެ.

 

މިތަނުގައިވާ ލަފްޟު "އުޟްޙިއްޔާ ކަތިލުމަށް ބޭނުންވެ" މުރާދަކީ، އުޟްޙިއްޔާ ކަތިލުމަށް މުޚާޠަބު ކުރެވުނު މީހާ އެވެ. އެއީ އެކަމަށް ތަކްލީފު ޖެހިގެންވީ މީހާ އެވެ. އެއީ ގެ ބެލެހެއްޓުމުގައިވާ، ގޭގެ ވެރިޔާ އެވެ. އާއިލާގެ ވެރިޔާ އެވެ. މި ޙަދީޘްގައި މުޚާޠަބު ކުރެވިފައިވަނީ އޭނާ އަށެވެ. އެހެނަސް އޭނާއަށް ތަބަޢަވުމުގައިވާ ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް އެބައިމީހުންގެ އިސްތަށި ކެނޑުމާއި ނިޔަފަތި ކެނޑުން އެއްވެސް މަނާކަމެއް ނެތެވެ. މިތަނުގައިވާ ނަހީކުރެވިގެންވުމުގެ ތެރެއަށް އެބައިމީހުން ނުވަންނާނެ އެވެ. މި ނަހީކުރުމުގެ ތެރެއަށް އެބައިމީހުން ޝާމިލް ނުވާނެ އެވެ. މިތަނުގައިވާ ޙުކުމް ޚާއްޞަކުރެވިފައިވަނީ ގޭގެ ވެރިޔާއަށެވެ. ޢާންމުގޮތެއްގައި އެއީ ފިރިހެނެކެވެ.

 

ނުވަތަ އަންހެނަކަށްވެސް ވެދާނެ އެވެ. ފަހަރެއްގައި، ބެލެހެއްޓުން ތެރިޔާއަކީ އަންހެނަކު ކަމުގައިވެސް ވެދާނެ އެވެ. ޢާއިލާގެ ފިރިހެން ދަރިންނާއި އަންހެންދަރިން ބަލަހައްޓާ ފަރާތަކީ އަންހެންމީހާ ކަމުގައިވެ، އަދި ފަހަރެއްގައި އެ އަންހެންމީހާއަކީ ކައިވެނި ކޮށްގެން އުޅޭ، އެހެނަސް ފިރިމީހާ އަކީ ފަޤީރު މީހެއްގެ ގޮތުގައި ވުމުން، ފިރިމީހާއަށް އުޟްޙިއްޔާ ކަތިލުމުގެ ކުޅަދާނަކަން ލިބިގެން ނުވުމުން، (ޙަދީޘްގައި ޛިކުރު ކުރެވިގެންވާ) ޚިޠާބް ރައްދުވަނީ އެ ހިނދުގައި އަންހެންމީހާ އަށެވެ. ފަހެ، އެހެންވުމުން، ޙަދީޘްގައި ޛިކުރު ކުރެވިފައިވާ ޚިޠާބް ނިސްބަތްވަނީ ޢާއިލާ ބެލެހެއްޓުމުގައި ދެމިހުންނަ ފަރާތަށެވެ. ޢާއިލާއަށް ޚަރަދުކޮށް، އަހުލުވެރިންނަށް ޚަރަދުކުރުމުގައި ދެމިހުންނަ ފަރާތެވެ. އުޟްޙިއްޔާގެ ޙުކުމްވަނީ އެގޮތުގައި އެވެ. އާއެކެވެ.

****

Like what you see?

Close

Hit the buttons below to follow us, you won't regret it...