ލައިލަތުލް- ޤަދްރި ليلة القدر

 ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ހިނައިގަތުން - الشَّيْخ عَبْد الله بِن صَلْفِيق الظُّفيرِي حفظه الله

ކެޓަގަރީ ލައިލަތުލް- ޤަދްރި ليلة القدر

ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ކޮންމެ ރެއެއްގައި ހިނައިގަތުމާއި އަދި ޒީނަތްތެރިވުން އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން ވާރިދުވެގެންވެ އެވެ.

ابن جَرِير رحمه الله ވިދާޅުވެފައިވެ އެވެ. "ސަލަފުއް ޞާލިޙުން ރަމަޟާން މަހުގެ ފަހު ދިހައި އެންމެހައި ރޭ ތަކުގައި ހިނައިގަތުން މުސްތަޙައްބު ގޮތުގައި ދެކިވަޑައިގަންނަވަ އެވެ. އަދި އެބައިމީހުންގެ ތެރެއިން އެއްބަޔަކު ލައިލަތުލް ޤަދްރި ވުމަށް އުއްމީދު ކުރެވޭ ރޭތަކުގައި ހިނައި، ހުވަދުލަ އެވެ."


أَنَس رضي الله عنه އަރިހުން ރިވާކުރެވިގެންވެ އެވެ. "ފަހު ދިހައިގެ 27 ވަނަ ވިލެރޭގައި ހިނައި ހުވަދުލައި އަދި ޚާއްޞަ ޖުއްބާއެއް ތުރުކުރައްވަ އެވެ. އަދި ހެދުނު ވުމުން އެ ފޭރާންކޮޅު ފަށްޖެހުމަށްފަހުގައި، އަނެއް އަހަރުގެ އެ ރޭ އަންނަންދެން ބާއްވަ އެވެ."


އަދި
ابن عمر رضي الله عنهما ވިދާޅުވެފައިވެ އެވެ. "ﷲ އަށްޓަކައި ޒީނަތްތެރިވުން ޙައްޤުކަން ބޮޑުވެގެންވެ އެވެ."
ابن رجب رحمه الله ވިދާޅުވެފައިވެ އެވެ. "މިއީ ވަރަށްވެސް، ވަރަށްވެސް ބޮޑަށް ސަމާލުކަން ދެވިފައިވާ ކަމެއްގެ ގޮތުގައިވެ އެވެ. ހަމަކަށަވަރުން މީގެ މުރާދަކީ، މުސްލިމް އަޅާ އޭނާގެ ބޭރުފުށުން ޒީނަތްތެރިވެ، ފޭރާން ޒީނަތްތެރިވުމުން، ފަހެ އޭނާއަށް އޮތީ އެތެރެފުށް ޒީނަތްތެރި ކުރުމެވެ. އަދި އޭނާގެ ހިތް އިޞްލާޙުކޮށް، ފާފަތަކުން ތަޥްބާވުމެވެ. އަދި އޭނާގެ ހިތް އެކިއެކި ބަލިތަކުން ދުރުކުރުމެވެ."


****