ލައިލަތުލް- ޤަދްރި ليلة القدر

 ލައިލަތުލް ޤަދްރި، ކޮންމެ އަހަރަކު ބަދަލުވާ ރެއެއް - الإمام العَلَّامة الشيخُ محمد بن صالح العثيمين رحمه الله

ކެޓަގަރީ ލައިލަތުލް- ޤަދްރި ليلة القدر

ސުވާލު: ލައިލަތުލް ޤަދްރި އަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ތެރޭގައިވާ ރެއެއްތޯ އެވެ؟ އަދި އެ ރެއަކީ ބަދަލުވާ ރެއްރެއް ތޯ އެވެ.

ޖަވާބު: އާއެކެވެ. ލައިލަތުލް ޤަދްރި ވިލޭރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިންވާ ރެއެކެވެ. އަދި ޞައްޙަ ގޮތަކީ އެ ރެއަކީ ބަދަލުވަމުންދާ ރެއެއް ކަމުގައިވުމެވެ. ابن حجر رحمه الله فتح الباري ގައި ވިދާޅުވެފައިވާ ފަދައިންނެވެ. އަދި މިފަދައިން ސުންނަތުން ދަލީލު ބަޔާންވެގެންވެ އެވެ. ފަހެ، (އެ ރެއަކީ) 21 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި އެއީ 23 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި އެއީ 27 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. އަދި 25 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. 29 ވަނަ ރޭ ކަމުގައިވެސް ވެދާނެ އެވެ. 

****
ފަތުވާ ނަގާފައިވަނީ : https://goo.gl/Y2e070