 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله

ކެޓަގަރީ ރޯދަ

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (للصائمِ فرحتانِ : فرحةٌ عند فطرِه، وفرحةٌ عند لقاءِ ربِّهِ) "ރޯދަވެރިޔާ އުފާފާޅުކުރާ ދެވަޤުތެއްވެ އެވެ. އޭނަ ރޯދަ ވީއްލާ ވަޤުތުގަ އެވެ. އަދި އޭނާގެ ރައްބު އާއި ބައްދަލުވާ ވަޤުތުގަ އެވެ."


الشَّيخ ވިދާޅުވެފައިވެ އެވެ. "ރޯދަވެރިޔާ ޤިޔާމަތް ދުވަހު އޭނާގެ ވެރި އިލާހުއާ ބައްދަލުވާހިނދު ނުހަނު ބޮޑުވެގެންވާ އުފަލަކުން އުފާވާނެ އެވެ. ސަބަބަކީ، ރޯދަވެރިންނަށް ﷲ ދެއްވާފައިވާ ބޮޑުވެގެންވާ އަޖުރު އަދި ޘަވާބު ފެނުމުންނެވެ."  و جاء شهر رمضان 1-24


އަދިވެސް ވިދާޅުވި އެވެ. "މުސްލިމް އަޅާ ރޯދަހިފުންއޮތީ ﷲ ރޯދަ ފަރުޟުކުރައްވާފައިވާ ކަމުގެ މައްޗަށް އީމާންވެ، ރޯދަ ފަރުޟު ކުރައްވާފައިވުމުގެ މައްޗަށް ރުހިގެންވާ ޙާލުގައި އަދި ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމަށް އެދިގެންނެވެ. އެއީ ޢާދަކާދައެއްގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. މާނައީ، އަނބިދަރިން، އޭނާގެ އަޚުން އަދި އެކުވެރިން ރޯދަ ހިފާތީވެ އޭނާވެސް ރޯދަ ހިފަނީ އެވެ. މިފަދައިންނެއް ނޫނެވެ. އަދި ރޯދައަށް ނުހުރެއްޖެހިނދު މީސްތަކުން އޭނާގެ މައްޗަށް ބަދުބަސްބުނެ މަލާމާތް ކުރާނެތީވެ އެސަބަބަށްޓަކައެއް ނޫނެވެ. އަދި މީސްތަކުންގެ ފަރާތުން ހެޔޮ ޘަނާ އާއި މަދަޙައިގެ ބަސްތަކަށް ލޯބިކުރާ ޙާލުގައެއްވެސް ނޫނެވެ." جاء شهر رمضان 1-23