ރޯދަވެރިޔާ އަމިއްލައަށް ޖިންސީ އެދުން ފުއްދުން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ސުވާލު: ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އެފަދައިން ޢަމަލުކޮށް އަނެއް ރޯދަމަސް ބައްދަލުކުރި އިރު އޭނާ އެ ރޯދަތައް ޤަޟާ ނުކޮށް ހުރުމުން ޢަމަލު ކުރަންޖެހޭނީ ކިހިނަކުންތޯ އެވެ؟


ޖަވާބު: އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ، ރަމަޟާން މަހުގެ ދުވާލުގެ ވަޤުތު ތަކުގައި އަދި އެނޫން ވަޤުތުތު ތަކުގައިވެސް ޙަރާމްވެގެންވާ ކަމެކެވެ. އެގޮތުން މަނި ބޭރުވެއްޖެ ހިނދުގައި އޭނާގެ ރޯދަ ބާޠިލްވާނެ އެވެ. ރޯދާ ބާޠިލްވާނެ ސަބަބަކީ އޭނާ ޝަހުވަތްތެރި ކަމާއި އެކުގައި އަމިއްލައަށް މަނި ބޭރުކުރުމެވެ. (ޖިންސީ އެދުން ފުއްދުމެވެ.) އޭނާގެ ރޯދަ ބާޠިލްވުމާއި އެކުގައި އޭނާ ފާފަވެރިވާނެ އެވެ.
ފަހެ، އޭނާއަށް އޮތީ އަވަހަށް ﷲ އަށް ތަޥްބާވުމެވެ. އަދި އެ ރޯދަތައް ޤަޟާ ކުރުމަށް އަވަސްވެގަތުމެވެ. އޭނާއަށް އޮތީ ކޮންމެ ރޯދައެއް ޤަޟާ ކުރުމާ އެކުގައި، ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ކުރީގައި ބަޔާންކޮށްފައިވީ ފަދައިން ރޯދަ ހިފުން ލަސްކުރުމުގެ ސަބަބުންނެވެ.

 
****

ފަތުވާ ނަގާފައިވަނީ : http://goo.gl/XXwhL2