ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ކެޓަގަރީ ރޯދަ

 


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ސުވާލު: ރޯދައަށް ހުންނަ އަންހެނާ އަނދުން އެޅުމާއި މޫނު މޭކަޕް ކުރުމަކީ ޙަރާމްކަމެއްތޯ އެވެ.؟


ޖަވާބު: ރޯދައަށް ހުންނަ އަންހެނާ އަދި ފިރިހެނާއަށްވެސް އަނދުން އެޅުމަކީ ޙަރާމްވެގެންވާ ކަމެއް ނޫނެވެ. އަދި ރޯދައަށް ހުންނަ އަންހެން މީހާއަށް މޭކަޕް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުން ކުރުމަކީވެސް ޙަރާމްވެގެންވާ ކަމެއް ނޫނެވެ. އެހެނަސް އަނދުން އެޅުން ރޭގަނޑަށް ލަސްކޮށްލުން އެދެވިގެންވެ އެވެ. ސަބަބަކީ ބައެއް ޢިލްމުގެ އަހުލުވެރިންގެ އެއީ ކަރާހަތްތެރި ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަ އެވެ. ފަހަރެއްގައި (ލޮލުގައި އަޅާ އަނދުން) އޭނާގެ ކަރުތެރެއަށް ގޮސް ދާނެ އެވެ. ފަހެ، ރޭނގަޑުގެ ވަޤުތުތަކުގައި ބޭނުން ކުރުން އެދެވިގެންވެ އެވެ. އެހެނަސް ދުވާލުގެ ވަޤުތުގައި ބޭނުންކުރި ކަމުގައިވިޔަސް އޭނާގެ ރޯދައަށް އެއިން އަޘަރެއް ނުކުރާނެ އެވެ.


އަދި މޭކަޕް ކުރުމަކީ އަންހެނާގެ ރޯދައަށް އެއްވެސް ގޮތަކަށް އަޘަރު ކުރާނެ ކަމެއްނޫނެވެ. ސަބަބަކީ އެއީ ޒީނަތްތެރިވުމަށް މޫނުގައި ބޭނުންކުރާ އެއްޗަކަށްވާތީ އެވެ. ފަހެ އަންހެންމީހާއަށް އެއިން އޭނާގެ ރޯދައަށް އަޘަރެއް ނުކުރާނެތީ އެ ދުވާލުގައި އަދި ރޭގަނޑުގައި ބޭނުން ކުރުން އެއްވެސް މައްސަލައެއްނެތެވެ.


***


ފަތުވާ ނަގާފައިވަނީ : https://goo.gl/OJWIKs