ޞަޙާބީން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ކެޓަގަރީ ރޯދަ

ސުވާލު: ޞަހާބީން رضوان الله عليهم މި މަތިވެރި ރަމަޟާން މައްސަރާ ބައްދަލު ކުރުމުގައިވާ ހިދާޔަތަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: އެބައިމީހުން އެ މައްސަރާއި ބައްދަލުކުރަނީ އުފަލާއި، ހިނުތުންވުމާއި އަދި އެކަކު އަނެކަކަށް ޞާލިޙް ޢަމަލުތައް ކުޅައުމަށް ވަޞިއްޔަތް ކުރާ ޙާލުގަ އެވެ. ސަބަބަކީ ރަމަޟާން މައްސަރަކީ އެބައްދަލު ވެއްޖެ މީހާއަށް ﷲ ގެ ޙަޟުރަތުން ލިބެންދާ ހިބަ އެކެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޞަޙާބީންނަށް އުފާވެރި ކަމުގެ ޚަބަރު ދެއްވާ ޙަދީޘް ކުރައްވަ އެވެ. "ތިޔަބައިމީހުންނާއި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކޮށްފި އެވެ. އެއީ ބަރަކާތްތެރި މައްސަރެކެވެ. އެމައްސަރުގައި ﷲ ވަނީ ރޯދަ ހިފުމަކީ ފަރުޟެއްގެ ގޮތުގައި ލައްވާފަ އެވެ. އަދި އެ މައްސަރުގެ ރޭތަކުގައި، ރޭއަޅުކަން ސުންނަތެއްގެ ގޮތުގައި ލައްވާފައިވެ އެވެ."


ފަހެ، މުއުމިނު އަޅުތަކުން މި މައްސަރާއި ބައްދަލު ވުމުން އެކަމުގެ އުފާވެރިކަން ލިބިގަންނާށެވެ. އަދި ހެޔޮ ޞާލިޙް ޢަމަލު ކުޅައުމުގައި ގަދައަޅާ މަސައްކަތްކުރުން ހުއްޓެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފަދައިން މި މައްސަރާ ބައްދަލުވުމުން އުފާކުރުން ހުއްޓެވެ.

***
ފަތުވާ ނަގާފައިވަނީ : http://goo.gl/228HYv