މުސްލިމް ނޫން މަސައްކަތު މީހުންނަށް ރަމަޟާންމަހު ކާންދިނުން - الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: މުސްލިމުންނޫން މީސްތަކުން މަސައްކަތުމީހުންގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏެއްގެ ވެރިޔާ ސުވާލުކޮށް ބުނެ އެވެ. އެ ޣައިރު މުސްލިމް މަސައްކަތުމީހުންނަށް، ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި މުސްލިމް މަސައްކަތު މީހުންގެ ކުރިމަތީގައި ކެއިންބުއިން މަނާކުރެވޭނެ ތޯ އެވެ؟


ޖަވާބު: ފުރަތަމައީ: މުސްލިމުން މަސައްކަތްކުރަން ލިބެން ހުއްޓާ، މުސްލިމުން ނޫން ބައެއް މަސައްކަތް ކުރުމަށްޓަކައި ގެންގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މުސްލިމުންނަކީ، މުސްލިމް ނޫން މީހުންނަށްވުރެ ހެޔޮވެގެންވާ ބައެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ.


﴿وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ﴾ "ހަމަކަށަވަރުން މުއުމިނު ފިރިހެން އަޅަކުވެސް، ﷲ އަށް ކާފަރުވެގެންވާ ފިރިހެނަކަށްވުރެ މާރަނގަޅެވެ." އެހެނަސް ކާފަރަކު ބޭނުން ކުރަން ޙާޖަތްޖެހިއްޖެ ހިނދުގައި، އެ ޙާޖަތް ފުދޭ މިންވަރަށް އެކަނި، އެފަދަ މީހުން ބޭނުންކުރުން މައްސަލައެއް ނެތެވެ.


ފަހެ، އެ މީހުން ރަމަޟާންމަހުގެ ދުވާލު ވަޤުތުގައި، ރޯދައަށްތިބޭ މުސްލިމުންގެ ކުރިމަތީގައި ކެއުންބުއިމަކީ މައްސަލައެއް އޮތް ކަމެއްނޫނެވެ. ސަބަބަކީ ރޯދައަށް ހުންނަ މުސްލިމަކީ ﷲ އަށް އޭނާއަށް ދެއްވާފައިވާ ޢާފިޔަތަށް ޙަމްދުކުރާނެ މީހެކެވެ. މި ދުނިޔެމަތީގައި ޝަރުޢީ ގޮތުން އޭނާއަށް ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ކެއުމާއި ބިުއިން ޙަރާމްވި ކަމުގައި ވިޔަސް، އޭގެ ޖަޒާ އޭނާއަށް ޤިޔާމަތް ދުވަހުގައި ޙާޞިލް ކުރެވޭނެ އެވެ. އެއީ އޭނާއަށް މިފަދައިން ބަޔާންކޮށްދެވޭނެ އެވެ. ﴿كلوا واشربوا هنيئاً بما أسلفتم في الأيام الخالية﴾ "އަންގަވާނެތެވެ. އަރާމު ލިބިނެވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ."


އެހެނަސް ޣައިރު މުސްލިމުންނަށް ޢާންމު ތަންތަނުގައި ފާޅުކަން ބޮޑު ގޮތުގައި ކެއުމާއި ބުއިން މަނާކުރަން ޖެހޭނެ އެވެ. އެއީ އެތަނުގެ އިސްލާމީ މަޟްހަރާއި ނަފީ ކުރެވޭ ކަމަކަށް ވުމުންނެވެ.

 

***
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 20 ص 79