ރޯދައަށް ހުރެ އައްސި ކުރާ އިންޖެކްޝަން ޖެހުން - الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ރަމަޟާންމަހުގެ ދުވާލު ވަޤުތެއްގައި ދަތެއް އުފުރާލުމަށްޓަކައި އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ސުވާލުގައި ބުނެފައިވެ އެވެ. އައްސިކުރާ އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން އެދުވަހުގެ ރޯދަ އަހަރެން ޤަޟާކުރަންޖެހޭނެ ތޯ އެވެ؟


ޖަވާބު: ނޫން، ނޫނެކެވެ. އައްސިކުރާ އިންޖެކްޝަނަކީ ރޯދަ ގެއްލުވާލާނެ އެއްޗެއް ނޫނެވެ. އެ އިންޖެކްޝަނަކީ އެބޭނުން ކުރި ތަނުގެ ކައިރިއަށް އޭގެ އަޘަރުކުރުވާ އެއްޗެކެވެ. އަދި އެއީ އޭނާގެ މަޢިދާގެ ތެރެއަށް ދާނެ އެއްޗެއް ނޫނެވެ.


ފަހެ ފަރުޟު ރޯދައަކަށް ނުވަތަ ސުންނަތް ރޯދައަކަށް ހުރި މީހަކު އައްސިކުރާ އިންޖެކްޝަން ބޭނުންކުރި ކަމުގައިވިޔަސް އޭނާގެ ރޯދައަކީ ޞައްޙަ ރޯދައެކެވެ.

***
ފަތުވާ ނަގާފައިވަނީ : https://goo.gl/3FHMm4