ދުންފަތް އިސްތިޢުމާލު ކުރާމީހުންގެ ދުމުގެ ވަސް އެއީ ރޯދަ ފަސާދަކުރާނެ އެއްޗެއްތޯ - الإمام ابِنْ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ރޯދައަށް ހުންނަ މީހާގެ ކައިރިން ދާ މީހުން ދުންފަތް އިސްތިޢުމާލު ކުރުމުން، އެދުމުގެ ވަސް ހަށިގަނޑުގެ ތެރެއަށް ދިއުމުން އެމީހެއްގެ ރޯދަ ފަސާދަވާނެތޯ އެވެ؟


ޖަވާބު: ނޫނެކެވެ. އޭނާގެ ރޯދަ އެގޮތުން ނުގެއްލޭނެ އެވެ. (ފަސާދައެއް ނުވާނެ އެވެ.) އަދި މުޖައްރަދު ވަސްބަލާލުން، އެގޮތުން ބުޚޫރު އަކީވެސް ރޯދަ ފަސާދަކުރާނެ އެއްޗެއް ނޫނެވެ.  


އެހެނަސް ބުޚޫރު އޭނާގެ ހަށިގަނޑާ ކައިރިކޮށް، އޭގެ ވަސްބެލުމަށް އެ ދުން އޭނާގެ ހަށިގަނޑުގެ ތެރެއަށް މަޢިދާގެ ތެރެއަށް ފޮނުވައިލުން، ފަހެ އެއީ އެހިނދުގައި ރޯދަ ފަސާދަކުރާނެ ކަމެކެވެ.

***


ފަތުވާ ނަގާފައިވަނީ : https://goo.gl/0nrFjk

 

ބުޚޫރު އެ ބުނެވެނީ ބޮކަރުފަދަ އެއްޗެހި މީރުވަސް ދުއްވުމަށް އަންދައިގެން އޭގެ ދުން އެރުވުމެވެ.