ރަމަޟާން މަސް ބައްދަލުކުރި އިރު ދަތުރުވެރިއެއް، ޢަމަލު ކުރާނީ ކިހިނެތް؟ - الإِمَامُ بن بَاز رحمه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ސުވާލު : ރަމަޟާންމަހާއި ބައްދަލުކުރީ ދަތުރުވެރިއެއްގެ ގޮތުގައި ހުއްޓަ އެވެ. އެހެންވުމުން ރަމަޟާން މަހުގެ އެންމެ ފުރަތަމަ ދުވަސް ބައްދަލުވީ ދަތުރުވެރިއެއްގެ ގޮތުގައިވަނިކޮށެވެ. މިޙާލަތުގައި ރޯދަ ހިފުމާއި އަދި ރޯދަ ދޫކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު : އޭނާއަށް ހެޔޮކަން ބޮޑުވެގެންވަނީ ދަތުރުމަތީގައި ވުމުން ރޯދަ ދޫކޮށްލުމެވެ. ރަމަޟާންމަހުގައި ހެޔޮކަން ބޮޑުވެގެންވަނީ (ދަތުރުވެރިއެއްގެ ގޮތުގައި ވުމުން) ރޯދަ ދޫކޮށްލުމެވެ. މިއީ އޭނާއަށް އެންމެ ހެޔޮކަންބޮޑުވެގެންވާ ގޮތެވެ.


އެއީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމުގައިވިޔަސް ނުވަތަ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތައް ކަމުގައިވިޔަސް ނުވަތަ އެހެނިހެން ގޮތްތަކުގައިވިޔަސް އެވެ. ﷲ ގެ ވަޙީބަސްފުޅުގައިވާގޮތުން މިއީ އޭނާއަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. ﴿فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ﴾ "ތިޔަބައިމީހުންގެ ތެރޭގައި ދަތުރެއްގައި ނުވަތަ ބަލިޙާލުގައިވާ މީހާ އެހެން ދުވަސްތަކުން އެ ޢަދަދަށް ރޯދަ ހިފުން ހުއްޓެވެ."


އަދި ރަސޫލާ صلى الله عليه وسلم އާއި ރަސޫލާ صلى الله عليه وسلم  ގެ އަޞްޙާބުން ދަތުރުމަތީގައި ރޯދަ ދޫކޮށްލައްވާކަން ޘާބިތުވެގެންވެ އެވެ. އަދި ރޯދައަށް ހުންނަވާ ކަމުގައިވެސް ވާރިދުވެގެންވެ އެވެ. އަދި ސުންނަތުން ދަލީލު ކުރެވިފައިވަނީ ރޯދަ ދޫކޮށްލުން ހެޔޮކަންބޮޑުގޮތް ކަމުގަ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (ليس من البر الصوم في السفر) "ދަތުރުމަތީގައި ރޯދަހިފުމަކީ ހެޔޮކަންބޮޑުގޮތެއް ނޫނެވެ."


***
ފަތުވާ ނަގާފައިވަނީ : https://goo.gl/7aIJKX