ރޯދައަށް ހުންނަ މީހާގެ ލޮލަށް ބޭސް އެޅުމުން ރޯދަ ގެއްލޭނެތަ؟ - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ސުވާލު: ރޯދައަށް ހުންނައިރު ލޮލަށް ބޭސް އެޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އޭނާގެ ރޯދައަށް އެއިން އަޘަރު ކުރާނެ ތޯ އެވެ؟


ޖަވާބު: މިކަމުގައި ޞައްޙަވެގެންވާ ޤައުލަކީ، ރޯދަވެރިޔާ އޭނާގެ ލޮލަށް ބޭސް އެޅުމަކީ އޭނާގެ ރޯދައަށް އަޘަރު ކުރާނެ ކަމެއް ނޫނެވެ. ބައެއް ޢިލްމުވެރިން އެފަދަ ބޭހެއް އެޅުމުން އޭނާގެ ކަރު ތެރެއަށް ރަހަ ދޭ ކަމުގައިވާނަމަ އެ ރޯދަ ޤަޟާ ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެނަސް އެއީ (ޝައްކުތަކުން ނުކުމެ) ޔަޤީންކަމުގައިވުމަށްޓަކައި ބުނެފައިވާ ގޮތެކެވެ. އެފަދަ ބޭހެއް ބޭނުން ކުރުމަށްފަހުގައި އޭނާ އެ ރޯދަ ޤަޟާކުރުމަކީ، ޔަޤީންކަމުގައި ވުމުގެ ބާބުގެ ދަށުން ކުރެވޭ ކަމެކެވެ.


އެހެނަސް މިކަމުގައި ޞައްޙަ ބަސްފުޅަކީ (އެފަދަ ބޭހެއް ބޭނުން ކޮށްގެން އޭނާގެ ކަރުތެރެއަށް ރަހަ ދިން ކަމުގައި ވިޔަސް) އެއީ ރޯދައަށް އަޘަރު ކުރާނެ ކަމެއް ނޫނެވެ. އެހެނަސް އެފަދަ ބޭސް ރޭގަނޑުގެ ވަޤުތުގައި ބޭނުން ކުރުން އެދެވިގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (دع ما يريبك إلى مالا يريبك) "ތިބާއަށް ޝައްކު ކުރެވޭ ކަންތައްތައް ޝައްކުނުކުރެވޭ ކަންތައްތަކުގެ މައްޗަށް ދޫކޮށްލުން ހުއްޓެވެ." ފަހެ އެހިނދުގައި ޢިލްމުވެރިންގެ ޚިލާފްތަކުން އޭނާ (ބޭރުވެގެން) ރައްކާތެރި ކަމުގައި ވާނެ އެވެ.


ފަހެ، ރޯދަވެރިޔާގެ ލޮލަށް ބޭސް އެޅުމާއި، އަނދުން އެޅުން ރޭގަނޑުގެ ވަޤުތަށް ލަސްކުރުން އެދެވިގެންވެ އެވެ. އައުލާވެގެންވެ އެވެ. އެހެނަސް ދުވާލުގެ ވަޤުތުގައި އެފެދައިން ބޭނުންކުރި ކަމުގައިވިޔަސް އޭނާގެ ރޯދަ ޞައްޙަވާނެ އެވެ.  


***
ފަތުވާ ނަގާފައިވަނީ : https://goo.gl/lUfv8q