ޝަރުޢީ ޢުޒުރެއްނެތި ރަމަޟާންމަހުގެ ރޯދަ ދޫކުރިމީހާގެ ޙުކުމް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ޝަރުޢީ ޢުޛުރެއްނެތި އަހަރެން ރަމަޟާންމަގުގެ ދުވަހެއްގައި ރޯދަ ދޫކުރީމެވެ. އެ އެންމެ ދުވަހެއްގެ ރޯދަ ދޫކުރުމުން އަހަރެން އެ ރޯދަ ޤަޟާކުރުމަށް ހިފަންޖެހޭނީ އެއްރޯދަތޯ އެވެ. ނުވަތަ 2 މަސް ދުވަހު ރޯދަހިފަންޖެހޭނެ ހެއްޔެވެ؟
   
ޖަވާބު: ރޯދަ ދޫކުރީ ކޮންސަބަބަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އެމީހަކު ރޯދަ ދޫކުރީ އެނގިހުރެ އަނބިމީހާއާ ޖިމާޢުވެގެން ނަމަ، އަދި ޖިމާޢުވުމަކީ އެއީ ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައި ދަންނަހިނދުގައި، ފަހެ އޭނާގެ މައްޗަށް ކައްފާރާވެ އެވެ. އެއީ އަޅަކު މިނިވަން ކުރުމެވެ. އެކަމަށް ކުޅަދާނަ ނުވާނަމަ ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ. އެކަމަށް ކުޅަދާނަ ނުވާނަމަ 60 މިސްކީނުންނަށް ކާން ދިނުމެވެ.
އެހެނަސް އޭނާ ރޯދަ ދޫކޮށްފައިވަނީ އަނބިމިހާއާ ޖިމާޢުވެގެން ނޫންނަމަ، ފަހެ އޭނާއަށް އޮތީ ﷲ އަށް ތަޥްބާވުމެވެ. އަދި އޭނާ ރޯދަ ދޫކުރި ދުވަހުގެ ބަދަލުގައި އެ ރޯދަ ޤަޟާ ކުރުމެވެ.

 
****

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 370