ރަމަޟާން މަހުގައި ގެއްލުނު ރޯދަ އަނެއް ރަމަޟާންމަސް އަންނަންދެން ލަސްކުރުން - الإِمَامُ ابن العثيمين رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ރަމަޟާން މަހުގައި ގެއްލުނު ރޯދަ އަނެއް ރަމަޟާންމަސް އަންނަންދެން ލަސްކުރުން

ސުވާލު: ޝަރުޢީ ޢުޛުރެއްނެތި، ރަމަޟާން މަހުގެ ރޯދަ އަނެއް ރަމަޟާންމަސް އަންނަންދެން ލަސް ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
   
ޖަވާބު: ތިޔަމައްސަލައިގެ ރާޖިޙު ޤައުލަކީ (ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ބަސްފުޅަކީ) އެފަދަ މީހާއަށް ލާޒިމްވެގެންވަނީ އެ ރޯދަ ޤަޟާކުރުމެވެ. އެހެން ކަމެއް އޭނާގެ މައްޗަކަށް ލާޒިމެއް ނުވެ އެވެ. އަދި އެމީހާއަށް ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެއް ނުވެ އެވެ. އެއީ މި އާޔަތުގެ ޢާންމު މާނަ އެވެ. فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَر "ތިޔަބައިމީހުންގެ ތެރޭގައި ބަލި ޙާލުގައިވާ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، އެހެން ދުވަސްތަކުން އޭނާ ދޫކުރި ރޯދައިގެ ޢަދަދަށް ރޯދަ ހިފުން ހުއްޓެވެ."


ފަހެ، މިތަނުގައި ﷲ ޛިކުރުކޮށްފައިވަނީ، އެހެން ދުވަސްތަކަކުން އެ ރޯދައިގެ ޢަދަދަށް ރޯދަ ހިފުމެވެ. މި ޙުކުމުގެ ތެރެއަށް ދެންއަންނަ ރަމަޟާންމަސް އައުމުގެ ކުރިން ރޯދަ ޤަޟާކުރުންވެސް އަދި އަންނަ ރަމަޟާންމަހުގެ ފަހުގައި ރޯދަ ޤަޟާކުރުންވެސް ވަންނާނެ އެވެ. ކާންބޯންދޭން ޖެހޭނެކަން ޛިކުރުކޮށްފައެއް ނުވެ އެވެ. އަޞްލަކީ އޭނާ އަދާކުރަންޖެހޭ ޙައްޤު އަދާވުންކަމުގައިވުމެވެ. (ކާންބޯން ދޭން ޖެހޭކަމަށް) ވާޖިބުކުރާނެ ދަލީލެއް ޘާބިތުވުމަށް ދާންދެނެވެ.

***
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 370