ރޯދަވެރިޔާ ޖިމާޢުވުން ނޫންގޮތަކަށް މަނި ބޭރުވުން - الإمام ابِنْ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި، ޖިމާޢުވުން ނޫން ގޮތަކަށް މަނި ބޭރުވެއްޖެމީހާގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: ފަހެ، މަނި ބޭރުވީ އޭނާ ނިދާފައިވާ ޙާލަތުގައި ކަމުގައިވާނަމަ، އެއީ ރޯދައަށް އެއްވެސް ގެއްލުމެއް އޮތް ކަމެއް ނޫނެވެ. ސަބަބަކީ މި ޙާލަތަކީ އޭނާގެ އިޚްތިޔާރުގައި މަނި ބޭރުވި ޙާލަތަކަށް ނުވާތީ އެވެ. އަދި ހަމައެފަދައިން އެކަމަށް އޭނާ ފިކުރުކޮށް ވިސްނައި ހެދުމުގެ ސަބަބުން މަނި ބޭރުވި ކަމުގައިވާނަމަ، އެއީ މިޘާލަކަށް އިންސާނަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުން ފަދަ ފިކުރުތައްކޮށް ބޭރުވެއްޖެ ހިނދުގައި، ހަމަކަށަވަރުން އެއީ އޭނާގެ ރޯދަ ފަސާދަވާނެ ޙާލަތެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކޮށްފައިވާ ފަދައިންނެވެ. (إن الله تجاوز عن أمتي ما حدثت به أنفسهاما لم تعمل أو تتكلم) "ނަފްސުތައް އެކަންތަކަށް ޢަމަލު ނުކުރާ އަދި އެކަންތަކަށް ބަސް ނުބުނެ، އިންސާނާގެ ނަފްސުގެ ތެރޭގައިވާ ކަންތައްތަކުން، ތިމަން ނަބިއްޔާގެ އުއްމަތުގެ އަހުލުވެރިންނަށް ﷲ ވަނީ ޢަފޫ ކުރައްވާފަ އެވެ."


އެހެނަސް އެފަދަ އިންސާނާ މިއީ ޢާދައެއް ކަމުގައި ހަދައި އަބަދު އެކަމަށް ފިކުރުކޮށް ޚިޔާލަށް ގެނެސްގެން ނުވާނެ އެވެ.


އެހެނަސް އެކަމަށް އޭނާގެ ފަރާތުން މަސައްކަތްތަކެއް ކުރެވި، މިޘާލަކަށް އެނދުމަތީގައި އެކިއެކި ގޮތްގޮތަށް އުޅުން، އަނބިމީހާއަށް ބޮސް ދިނުން، ނުވަތަ އޭނާގެ ޖިންސީގުނަވަން ޙަރަކާތްކުރުން ފަދަ ކަންތައްތައް ކޮށްގެން މަނި ބޭރުވެއްޖެ ހިނދުގައި، މި ޙާލަތުގައި އޭނާގެ ރޯދަ ފަސާދަވާނެ އެވެ. އަދި އެއީ ވާޖިބު ރޯދައެއް ކަމުގައިވާނަމަ އޭނާ އެހިނދުގައި ފާފަވެރިވާނެ އެވެ. އަދި ޤަޟާކުރުން ލާޒިމް ވެގެންވާނެ އެވެ. އަދި އެއީ ރަމަޟާންމަސް ކަމުގައިވާނަމަ، އެދުވަހުގެ ބާކީއޮތް ބައިގައި ރޯދައަށް ހުންނަން ޖެހޭނެ އެވެ.

 

****

 

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 282