ރަމަޟާންމަހުގެ ރޯދަ ހިފުމަށްޓަކައި ޙައިޟު ހުއްޓުވާ ބޭސް ބޭނުން ކުރުން - الإمام ابِنْ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ރޯދަމަހުގެ ރޯދަ ހިފުމަށްޓަކައި އަންހެނާއަށް އޭނާގެ ޙައިޟުވުން ހުއްޓުވާ ބޭސް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: މި މައްސަލައިގައި އަހަރެން ދެކެނީ، އަންހެންމީހާ މި ޢަމަލުން ދުރުވުމެވެ. (މިގޮތަށް ޢަމަލު ނުކުރުމެވެ.) އަދި ކިޔެއްތޯ އެވެ، ﷲ އޭނާއަށް ޤަދަރުގައި ނިޔާ ކަނޑައެޅުއްވި ގޮތުގައި ދެމިހުރުމާއި، އާދަމު ދަރީންގެ އަންހެންދަރިންގެ މައްޗަށް ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި ހުރުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ  ޙައިޟުވުން (މައްސަރު ކަންތައްތަކަކީ) އެކަން ވުޖޫދުގައި ލައްވާފައިވުމުގައި ޙިކުމަތެއް ވާނެ އެވެ. ފަހެ، މި ޙިކުމަތަކީ އަންހެންމީހާގެ ޠަބީޢަތާއި މުނާސިބު އެއްޗެއް ކަމުގައިވެ އެވެ. ފަހެ، ހަމަކަށަވަރުން މައްސަރުކަންތައްތައް މަނާކުރުމުން، އޭގެ ސަބަބުން އެކުރެވުނު ކަންތައްތަކުގެ ރައްދެއްގެ ގޮތުގައި އިދިކޮޅު ކަންތައްތަކެއް، ގެއްލުންވާނެ ކަންްތައްތަކެއް، އަންހެންމީހާގެ ހަށިގަނޑުގައި ހިނގާނެ އެވެ.


ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لاضرر ولا ضرار) "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމެއް އަދި އަނެކާގެ ނަފްސަށް ގެއްލުން ދިނުމެއްވެސް ނުވެ އެވެ."


މިއީ، އެ ބޭސް ބޭނުން ކުރުމުގެ ސަބަބުން އަންހެންމީހާގެ ރަޙިމަށް ލިބޭ ގެއްލުންތައް ބަޔާންކޮށް ޑަކްޓަރުން ބުނެފައިވާ ބަސްތަކަށް ނުބެލި ކަމުގައިވިޔަސް އެނގިބަޔާންވެގެންވާ ކަމެކެވެ.


މި މައްސަލައިގައި އަހަރެން ދެކޭ ގޮތަކީ އަންހެނުން މިފަދަ ބޭސްތައް ބޭނުން ނުކުރުމެވެ. ﷲ ތަޢާގެ ޙިކުމަތްވަންތަ ކަމަށް އަދި އެކަލާނގެ ޤަޟާޤަދަރަށް ޙަމްދު ހުއްޓެވެ. ފަހެ، ޙައިޟު ބައްދަލުކުރުމާ އެކުގައި ނަމާދު ކުރުމާއި ރޯދަ ހިފުމުން އެއްކިބާވުން ހުއްޓެވެ. އަދި ޠާހިރުވުމުން ރޯދަހިފުމާއި ނަމާދުކުރުމުގައި ދެމިހުންނާނީ އެވެ. އަދި ރަމަޟާން މަސް ނިމުމުން އަންހެންމީހާއަށް ރަމަޟާން މަހުން ގެއްލުނު ރޯދަތައް ހިފާނީ އެވެ.

 

*****

 

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 269