 ބައްޔެއްޖެހި، އެބަލިން ޝިފާލިބޭނެ ކަމުގެ އުއްމީދު ކެނޑިފައިވާ މީހާގެ ރޯދަ - الإمام العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

ސުވާލު: ބައްޔެއް ޖެހި، އެބަލި ރަނގަޅުވާނެ ކަމުގެ އުއްމީދު ކެނޑިފައިވާ މީހާ އަދި ރޯދަ ހިފުމުގެ ކުޅަދާނަކަމެއް ނެތް މީހާ، ފަހެ މިފަދަ މީހާ ކައްފާރާ ނެރޭނީ ކިހިނަކުންތޯ އެވެ؟

 


ޖަވާބު: ކައްފާރާ ދިނުން އޮތީ، އެއްގޮތަކީ މިސްކީނުންނަށް މެންދުރު ކެއުމެއް ދިނުމެވެ. ނުވަތަ މިސްކީނުންނަށް ރޭނގަޑު ކެއުމެއް ދިނުމެވެ. އެއީ أَنَس بِنْ مَالك رضي الله عنه އަމަލުފުޅު ބެހެއްޓެވިފަދައިންނެވެ. ނުވަތަ ފަސްރޯދައަށް ފަސް މިސްކީނަކަށް ކާބޯތަކެތީން ޞާޢެއްގެ މިންވަރު ދިނުމެވެ. (މާނައީ އެއް ޞާޢު ފަސް މިސްކީނުންނަށް ބަހާލާނީ އެވެ.)

 

 

ފަހެ، އެހެންވުމުން  އެ ރަމަޟާންމަހަކީ 30 ދުވަހުގެ ރަމަޟާންމަހެއް ކަމުގައިވާނަމަ އެ 30 ރޯދައަށް ނެރެންޖެހޭނީ 6 ޞާޢު އެވެ. އެއީ 29 މަހުގެ ރޯދަމަހެއްވިއްޔާ އެ 29 ދުވަހަށް ނެރެންޖެހޭނީ 5 ޞާޢު އަދި ޞާޢުއެއްގެ ފަސްބައިކުޅަ އެއްބައެވެ.


މިފަދައިން ކާބޯތަކެތި ނެރޭ ހިނދުގައި އެތަކެއްޗާ އެކީގައި ކެއުމަށް ބޭނުންކުރާނެ (ރިހަ، މަސް) މިފަދަ އެއްޗެއް ނެރުން ހެޔޮކަންބޮޑުވެގެންވެ އެވެ. والله أعلم.


ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 19 ص 126