ނަމާދު ނުކޮށް ރޯދަ ހިފާމީހާގެ ޙުކުމް - الإمام العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ ރޯދަ

 

ސުވާލު: ރަމަޟާންމަހުގައި ނަމާދު ނުކޮށްހުރެ، ނަމާދު އަޅާފައިހުރެ ހިފާ ރޯދައިގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: ހަމަކަށަވަރުން ނަމާދު ނުކޮށްހުރެ ހިފާ ރޯދައަކުން އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ. އަދި އޭނާގެ ކިބައިން އެ ޢަމަލު ޤަބޫލެއްވެސް ނުކުރެވޭނެ އެވެ. އަދި އޭނާ އެ ރޯދަހިފިކަމުގައިވެސް ނުވާނެ އެވެ. އަދި ކިޔެއްހެއްޔެވެ. އޭނާ ނަމާދު ނުކުރާ ކަމުގައިވާނަމަ، ރޯދަހިފުމަކީ އޭނާގެ ކިބައިން އެދެވޭ ޙާލުގައިވާ ކަމެއްނޫނެވެ. ސަބަބަކީ
ނަމާދު ނުކުރާމީހާގެ މިޘާލަކީ ޔަހޫދީއެއް ނުވަތަ ނަޞާރާއެއްގެ މިޘާލެވެ. ޔަހޫދީއެއް ނުވަތަ ނަޞާރާއެއް، އޭނާގެ ދީނުގައިހުރެ ރޯދަ ހިފާނަމަ، މިކަމުގައި ތިބާ ދެކެނީ ކިހިނަކުންހެއްޔެވެ. ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލު ކުރެވޭނެހެއްޔެވެ. ނުކުރެވޭނެ އެވެ.


އެހެންވުމުން އެފަދަ މީހަކަށް އަހަރެމެން ބުނަނީ، ތިބާ ނަމާދު ދޫކޮށް އުޅުމުގެ މައްޗަށް ތިބާ ﷲ އަށް ތަޥްބާވުން ހުއްޓެވެ. ފަހެ، ﷲ ގެ ޙަޟުރަތަށް ތަޥްބާވެއްޖެ މީހާއަށް އެކަލާނގެ އެމީހެއްގެ ތަޥްބާ ޤަބޫލު ކުރައްވާނެ އެވެ.

ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل  ج 20 ص 87