މާބަނޑު އަންހެންމީހާގެ ރޯދައިގެ ހުކުމް - فَضِيْلَةُ الشَّيْخُ مُحَمَّدُ بن هَادِيْ المَدْخَلِيْ حَفِظَهُ الله

ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


فَضِيْلَةُ الشَّيْخُ مُحَمَّدُ بن هَادِيْ المَدْخَلِيْ حَفِظَهُ الله

ސުވާލު: ކޮންމެ ފަހަރުވެސް ރަމަޟާންމަސް ބައްދަލުކުރާ ހިނދުގައި އަންހެންމީހާ ވަނީ މާބަނޑު ޙާލުގައި އެވެ. ނުވަތަ ގާތުން ކިރުދޭ ޙާލުގަ އެވެ. އެތައް ރަމަޟާންމަހެއް ވިދިވިދިގެން އަންހެންމީހާއަށް މިގޮތުގައި ފާއިތުވެގޮސްފައިވެ އެވެ. ފަހެ، ޙުކުމަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: އަހަރެމެން ބުނަމެވެ. އަންހެންމީހާއަށް އޮތީ ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤްވާވެރި ވުމެވެ. ތިޔަ (ރަމަޟާންމަސްތަކުގެ ރޯދަ) އަންހެންމީހާގެ އަދާކުރުން ވެ އެވެ. އެއްވެސް ގޮތަކަށް (އެއްވެސް ޙާލަތެއްގައި) އަންހެންމީހާގެ ކިބައިން ރޯދަ ޤަޟާކުރުން ފިލައިގެން ނުދާނެ އެވެ. އަންހެންމީހާއަށް އޮތީ ކިރުދިނުން ހުއްޓައިލުމެވެ. އަދި ކިރުދިނުން ހުއްޓައިލުމާ އެކުގައި ރޯދަ ހިފާށެވެ. ޚާއްޞަކޮށް ރަބީޢު މޫސުމްގަ އެވެ. ސަބަބަކީ އެ މޫސުމުގައި ދުވާލު ކުރުވެ ރޭގަނޑުގެ ވަޤުތު ދިގުވާނެ އެވެ. އަދި އެހިނދުގައި ބުރަތަކެއް އުފުލާކަށެއް ނުޖެހޭނެ އެވެ. ބުރަކަމަކަށް ނުވާނެ އެވެ. ހޫނު ގަދައެއް ނުވާނެ އެވެ. ولله الحمد.


ފަތުވާ ނަގާފައިވަނީ : http://goo.gl/cKsBVS