 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله

ކެޓަގަރީ ރޯދަ

ތަރުޖަމާކޮށް ލިޔެތައްޔާރުކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުން

ސުވާލު: މިސާލަކަށް ޝައްވާލު ހަ ރޯދައާއި ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޯދައާއި އަދި އާޝޫރާދުވަހު ރޯދަ ހިފުމެވެ. ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟


ޖަވާބު: މިފަދަ މީހަކަށް ވާޖިބު ވެގެންވަނީ ރަމަޟާން މަހުގެ ރޯދަ އެންމެ ފުރަތަމަ ޤަޟާ ކުރުމެވެ. އެއަށް ފަހުގައި ސުންނަތް ރޯދަ ހިފުމެވެ. ސަބަބަކީ ޢިލްމުވެރިންގެ ބަސްތަކަށް ބަލާއިރު އެންމެ ޞައްޙަގޮތަކީ ފަރުޟުކަންތަކަށް އަހަމިއްޔަތުކަން ދިނުމަށްފަހުގައި ސުންނަތް ކަންތަކަށް އިސްކަން ދިނުމެވެ.

 

މަޞްދަރު: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين رَحِمَه الله