 ތަރާވީޙް 2 ޖަމާޢަތަށް ކުރާ މިސްކިތެއްގައި ފުރަތަމަ ޖަމާޢަތުގައި ބައިވެރިވުން - الشَّيْخ مُحمَّد بن عُمر بن سَالم بَازمُول حفظه الله

ކެޓަގަރީ ތަރާވީހް

ސުވާލު: މި ސިފަތަކުގައި ކުރެވޭ ރޭއަޅުކަމުން އެމީހަކަށް މުޅި ރޭ އަޅުކަމުގެ ޘަވާބު ލިބޭނެތޯ އެވެ؟ އިމާމް ޢިޝާ ނަމާދަށްފަހުގައި ތަރާވީޙް ނަމާދު ކުރެ އެވެ. އަދި ވިތުރި ނުކޮށް އެބައިމީހުން އެ ޖަމާޢަތް ނިންމާލަ އެވެ. އެއަށްފަހު 2 ވަނަ ފަހަރަށް ރޭގަޑުގެ ފަހު ބައިގައި މިސްކިތުގައި ޖަމާޢަތް ހަދައި ނަމާދު ކުރެ އެވެ. އަދި ތަޙައްޖުދު ނަމާދު ކުރުމަށްފަހުގައި ވިތުރި ކުރެ އެވެ. އަހަރެން މިފަދައިން ނަމާދުކުރާ ޖަމާޢަތެއްގެ އިމާމް ފަހަތުގައި ތަރާވީޙް ނަމާދުކޮށް  (ތަރާވީޙް ނަމާދަށް ފަހުގައި ވިތުރި ނުކޮށް ނިންމާލެވޭ ޖަމާޢަތް) އަދި އެއަށްފަހުގައި ރޭގަނޑުގެ ފަހު ބައިގައި ކުރާ ޖަމާޢަތުގައި ބައިވެރި ނުވަމެވެ. އަހަރެން، އަހަރެންގެ އަޚާއެކުގައި ނަމާދުކޮށް އަޚުއާ އެކުގައި ވިތުރި ކުރަނީ އެވެ؟

ޖަވާބު: ތިބާއަށް އެ ރޭގެ ޤިޔާމުލް ލައިލް ލިބޭނެ އެވެ. ސަބަބަކީ އިމާމް އާ އެކުގައި އިމާމް ނިމެންދެން ރޭއަޅުކަމުގައި ތިބާ ޤާއިމްވެގެން ވުމެވެ.

ސުވާލު: ޤިޔާމުލް ލައިލް ގެ މަޤްޞަދު ކަމުގައިވަނީ ޢިޝާ ނަމާދުގައި ބައިވެރިނުވި ކަމުގައިވިޔަސް، ތަރާވީޙް ނާމަދުގައި ޤާއިމްވުންތޯ އެވެ. ނުވަތަ ޢިޝާ ނަމާދުވެސް އަދި ތަރާވީޙް ނަމާދުވެސް އެ އިމާމާ އެކުގައި ޤާއިމްވުން ތޯ އެވެ؟

ޖަވާބު: ޢިޝާނަމާދު ޖަމާޢަތުގައި ކޮށްފި މީހާއަށް އެ ރޭގެ ދެބައިކުޅަ އެއްބައިގައި ޤިޔާމްލައިލް ކުރި ކަމުގައި ލިޔުއްވޭ ހުއްޓެވެ.

ސުވާލު: ރޭގަނޑުގެ ދަންގަޑީގައި އިމާމްއެކުގައި ނަމާދު ކުރުމާއި، ތަރާވީޙް ނަމާދު އިމާމް އެކުގައި ކުރުން، މިތަނުން މުޅިރޭ އަޅުކަން ކުރި ކަމުގައި ވަނީ ކާކުތޯ އެވެ؟

ޖަވާބު: ތިބާ އިމާމާއެކު ތަރާވީޙް ނަމާދު ފެށުނީއްސުރެ އިމާމް ނަމާދުކޮށް ނިމެންދެން ޤާއިމްވެ ދެމިހުރުމުން ތިބާ އެ ރޭގައި މުޅިރޭ އަޅުކަން ކުރި ކަމުގައި ލިޔުއްވޭނެ އެވެ. .... އޭގައި ތިބާ ގެއަށްގޮސް ވިތުރުކުރުން ނުވަތަ އެހެން ޖަމާޢަތެއްގައި ވިތުރި ކުރުމަކުން އަޘަރެއް ނުކުރާނެ އެވެ. އަދި ހަމަ އެފަދައިން އެ އިމާމް 2ވަނަ ޖަމާޢަތަށް މިސްކިތަށް އަނބުރާ އައުމަކީ އެއަށް އަޘަރު ކުރާނެ ކަމެއް ނޫނެވެ.
الله يتقبل.


****

ފަތުވާ ނަގާފައިވަނީ : https://t.co/V6gQrxrXh8