 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله

ކެޓަގަރީ ނަމާދު

صَحِيح مُسلم ގައި أَبُو هُرَيرة رضي الله عنه އަރިހުން ރިވާކުރެވިގެންވެ އެވެ. رَسُولَ اللَّهِ ޙަދީޘް ކުރެއްވި އެވެ. 
(لَيَنْتَهِيَنَّ أَقْوَامٌ عَنْ رَفْعِهِمْ أَبْصَارَهُمْ عِنْدَ الدُّعَاءِ فِي الصَّلَاةِ إِلَى السَّمَاءِ، أَوْ لَتُخْطَفَنَّ أَبْصَارُهُمْ) 
"ﷲ ޤަންދީ ބުނަމެވެ. ނަމާދުގައި އުޑާ ދިމާލަށް އެމީހުންގެ ލޯތައް އުފުލަމުންދާ ބަޔަކު، ހަމަކަށަވަރުން އެކަން ކުރުން ހުއްޓާލާ އެކަމުން މަނާވެގަތުން ހުއްޓެވެ. އެހެން ނޫނީ، ހަމަކަށަވަރުން އެބައިމީހުންގެ ލޯތަކުގެ ފެނުން ޖަހައިގަނެވިދާ ހުއްޓެވެ." صَحِيح مُسلم 429

 

العَلاَّمَة مُحمَّد بن صَالح العُثَيمِين رحمه الله  ވިދާޅުވެފައިވެ އެވެ. "ނަމާދުގައި މައްޗަށް (އުޑަށް) ބެލުން ހަރާމްވެގެންވެ އެވެ. އަދި ކިޔެއްތޯ، އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ފާފަ އެކެވެ. ސަބަބަކީ ނަބިއްޔާ ﷺ ވަނީ އެކަން ނަހީ ކުރައްވާފަ އެވެ. އެކަމުގެ މައްޗަށް ނުހަނު ގަދަފަދަ ބަސްފުޅު ޙަދީޘްކުރައްވާ ވިދާޅުވެފައިވެ އެވެ. (لَيَنْتَهِيَنَّ أَقْوَامٌ عَنْ رَفْعِهِمْ أَبْصَارَهُمْ عِنْدَ الدُّعَاءِ فِي الصَّلَاةِ إِلَى السَّمَاءِ، أَوْ لَتُخْطَفَنَّ أَبْصَارُهُمْ) "ﷲ ޤަންދީ ބުނަމެވެ. ނަމާދުގައި އުޑާ ދިމާލަށް އެމީހުންގެ ލޯތައް އުފުލަމުންދާ ބަޔަކު، ހަމަކަށަވަރުން އެކަން ކުރުން ހުއްޓާލާ އެކަމުން މަނާވެގަތުން ހުއްޓެވެ. އެހެން ނޫނީ، ހަމަކަށަވަރުން އެބައިމީހުންގެ ލޯތަކުގެ ފެނުން ޖަހައިގަނެވިދާ ހުއްޓެވެ." އަދި އެހެން ލަފްޒެއްގައިވެ އެވެ. (أو لا ترجع إليهم) "އެބައިމީހުންގެ ލޯތަކުގެ ފެނުން ޖަހައިގަނެވުމަށްފަހު، އެބައިމީހުންނަށް ރައްދު ނުކުރެއްވޭ ހުއްޓެވެ." މިއީ އެފަދަ މީހުންގެ މައްޗަށް އޮތް ވަޢީދުގެ ބަސްފުޅެކެވެ. ފަހެ، ބޮޑު ފާފައެއްގެ މައްޗަށް މެނުވީ ވަޢީދު ބަޔާންވެގެން ނުވާނެ އެވެ."
*****
ބަސްތައް ނަގާފައިވަނީ : الشرح الممتع  : (40/3)