ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله

ކެޓަގަރީ ނަމާދު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله

ދަރިން ފަތިސްނަމާދަށް ހޭލެއްވުން

ސުވާލު: ދަރިން ވަރަށް ލަސްކޮށް ނިދާތީވެ އެ ދަރިން ފަތިސްނަމާދަށް ހޭލެއްވުމަށް އަހަރެންވަނީ ނުކުޅެދިފަ އެވެ. މިކަމުގައި އަހަރެން ފާފަވެރިވާނެ ހެއްޔެވެ؟ އަހަރެންނަށް މިކަމުގައި ދެއްވާނެ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟

ޖަވާބު: ކޮންމެހެންވެސް ތިކަން ތަޙައްމުލު ކުރަންޖެހޭނެ އެވެ. އަދި ކެތްތެރިވުންހުއްޓެވެ. ﷲ جلّ وعلا ވަޙީކުރައްވާފައިވެ އެވެ. ﴿وأمر أهلك بالصلاة واصطبر عليها لا نسألك رزقا نحن نرزقك والعاقبة للتقوى﴾ "އަދި ނަބިއްޔާގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ. އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ. ރިޒުޤު ދެއްވުމަކަށް އިބަނަބިއްޔާގެ ކިބަޔަކުން ތިމަންއިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. އިބަނަބިއްޔާއަށް ރިޒުޤު ދެއްވަނީ، ތިމަން އިލާހު އެވެ. ހެޔޮވެގެންވާ ރަނގަޅު ނިމުންވަނީ ތަޤްވާވެރިންނަށެވެ."


ކޮންމެހެންވެސް އެ ދަރިންގެ މައްޗަށް ކެތްތެރިވާންޖެހޭނެ އެވެ. އަދި ކޮންމެހެންވެސް މި ނަމާދު ކުރުމުގައި ވާގިވެރިވުން (ބާރުއެޅުން) ހުއްޓެވެ. އަދި ކޮންމެހެންވެސް ފަތިސް ވަޤުތުގައި ނަމާދު ޤައިމްކުރުމަށް ސަމާލުކަންދޭން ޖެހޭނެ އެވެ. ގޭގައި ނަމާދުކޮށްގެންވިޔަސް އެވެ. ކޮންމެހެންވެސް ނަމާދު ގޭގައި ކަމުގައިވިޔަސް ކުރުން ހުއްޓެވެ. އެއަށްފަހުގައި އުއްމީދު ކުރަނީ ﷲ އެބައިމީހުންނަށް މިސްކިތުގައި ނަމާދު ކުރުމުގެ ޤާބިލްކަން ދެއްވައި އެދޮރު ހުޅުވިގެން ދިއުމެވެ. އެހެނަސް މިސްކިތުގައި ނަމާދުކުރުމަކީ އެންމެ އައުލާ، އެންމެ ހެޔޮކަންބޮޑުވެގެންވަނީ އަދި މިސްކިތުގައި ނަމާދުކުރުމަށް ބާރުއެޅުވިފައިވެ އެވެ. އެހެނަސް މިސްކިތަށް ދިއުމަށް ޢުޒުރުވެރިވާ ހާލުގައި، ނަމާދުގެ ވަޤުތުގައި އެ ނަމާދު އަދާކުރުމަށް ސަމާލުކަން ދިނުން ހުއްޓެވެ. އެ ނަމާދުގެ ވަޤުތުގައި ނޫންގޮތުގައި ނަމާދު ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނަސް ކޮންމެގޮތެއްގައިވެސް ނަމާދުގެ ވަޤުތުގައި ނަމާދު އަދާކުރަން ޖެހޭނެ އެވެ. ފަހެ، މިގޮތުގެ މައްޗަށް ސަމާލުވެ ދެމިހުންނާށެވެ. އަދި އެ ދަރިންނަށް ނަޞޭޙަތްތެރިވެ، ﷲ ގެ މަތިން އެދަރިންގެ ނަފްފުގައި ބިރުވެތިކަން އަށަގަންނަވާށެވެ. އަދި ތިޔަ އަންހެނާ، އެދަރިންނަށް ރޭގަނޑު ދަންވަންދެން ހޭލާ ނުތިބުމަށް ނަޞޭޙަތްތެރިވުމަށް މަސައްކަތް ކުރާށެވެ. ރޭގަނޑު ދަންވަންދެން ހޭލާ ނުތިބުމަށާއި އަވަށް ނިދުމަށް ނަޞޭޙަތްތެރިވުމެވެ. އެދަރިންގެ ހިތް އެގޮތުގައި ﷲ ހުޅުއްވައި ދެއްވާނެ ކަމަށް ދެމެކެވެ.
****

ބަސްތައް ނަގާފައިވަނީ : https://t.co/hdwjYvkbNO/s/3Zco