ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކެޓަގަރީ ނަމާދު

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން.

ސުވާލު: އަހަރެމެން ނަމާދު ކުރުމަށް ބޭނުންކުރާ ބައެއް މުސައްލަ ތަކުގައި ކަޢުބާގެ ޚާއްޞަ ސޫރަ ހުރެ އެވެ. އަދި (ބައެއް މުސައްލަ) ތަކުގައި މަސްޖިދުއް ނަބަވީގެ ސޫރަ ހުރެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: އެދެވިގެންވަނީ އެފަދަ މުސައްލާގައި ނަމާދު ނުކުރުމެވެ. ސަބަބަކީ ކަޢުބާގެ މައްޗަށް ކޮޅަށް އެރުމާއި، ފައިން އެރުމަކީ ކަޢުބާއަށް އިހާނާތްތެރިކޮށް ހިތުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. މިއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކައުބާ ސޫރަކުރުން ހުއްދައެއް ނުވާނެ އެވެ. ތިފަދައިން ތައްޔާރު ކޮށްފައިވާ މުސައްލައެއް ފެނިއްޖެ މީހާ، އެ މުސައްލައިގައި ކަޢުބާ ކުރަހާފައިވާނަމަ އެ ނުގަންނާށެވެ. ސަބަބަކީ އޭނާގެ ކުރިމަތީގައި ކަޢުބާ ފެންނަން ހުންނަ ހިނދުގައި އޭނާއަށް އެކަމުން (ނަމާދަށް) އުނދަގޫވާނެ އެވެ. އޭނާ އެ ޞޫރައިގެ މައްޗަށް އަރާނަމަ އެއީ އިހާނާތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެކެވެ. ފަހެ، މުއުމިން އަޅާއަށް އެންމެ ރައްކާތެރި ގޮތަކީ ތިފަދަ މުސައްލަ ބޭނުން ނުކުރުމެވެ.

 

****

ފަތުވާ ނަގާފައިވަނީ : https://goo.gl/gp2ztG

 

Picture1.png