މުޒްދަލިފާގައި ރޭކުރާއިރު ވާޖިބު އުފުލޭ މިންވަރު ބަޔާންކުރުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

ކެޓަގަރީ ޙައްޖު

ތަރުޖަމާކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުން އަރިއަހުން ޢިލްމު ހާޞިލްކޮށްފައިވާ)


الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله

މުޒްދަލިފާގައި ރޭކުރާއިރު ވާޖިބު އުފުލޭ މިންވަރު ބަޔާންކުރުން

ސުވާލު: މުޒްދަލިފާގައި ރޭކުރުމުގެ ހަމަތަކަކީ ކޮބައިތޯ އެވެ؟ އަދި ރޭކުރުމަށް އުޒުރުވެރިވެއްޖެ ނަމަ، ޙައްޖުވެރިއަކު ހަމައެކަނި އެތަން ހުރަސްކޮށްލާފައި ދިއުމުން ފުއްދާލައިފި ނަމަ، އޭނާގެ ޙައްޖުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖަވާބު: މުޒްދަލިފާ ފާއިތުވި މީހާގެ މައްޗަށް، މައްކާގައި، އެތަނުގެ ފަގީރުންނަށް ދިނުމަށް، ކަތިލުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އެތަނުގައި މަޑުކުރުމަކީ ވާޖިބަކަށް ވާތީ އެވެ. ދެން ފަހެ، އެތަނުގައި ރޭގަނޑުގެ ގިނަ ވަގުތު ހޭދަކޮށް، ދެބައިކުޅަ އެއްބަޔަށް ފަހު އެތަން ދޫކޮށް ހިނގައްޖެ ނަމަ، މައްސަލައެއް ނެތެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބަޔަށް ފަހު ހިނގައްޖެ ނަމަ މައްސަލައެއް ނެތެވެ. އަދި އެންމެ ހެޔޮ ގޮތަކީ އެތަނުގައި މުޅި ރޭ އެއްކޮށް މަޑުކުރުމެވެ. ދެން ފަތިސް ވުމުން، މުސްލިމުންނާ އެކު ފަތިސް ނަމާދު ކުރާނީ އެވެ. ދެން އެއަށްފަހު، ޤިބްލައަށް ކުރިމަތިލައި الله ގެ މަތިން ޛިކުރުކުރާނީ އެވެ. އަދި (އުދަރެހުގެ) ރީނދޫކަން ގަދަވަންދެން ދުޢާކުރާނީ އެވެ. ފަހެ ރީނދޫވުމުން، އިރު އެރުމުގެ ކުރިން މިނާއަށް ދިއުމަށް ހިނގައިގަންނާނީ އެވެ. ނަބިއްޔާ  އަމަލުފުޅުކުރެއްވީ މިފަދައިންނެވެ. ދެން ފަހެ ނިކަމެތީން، އެބަހީ އަންހެނުންނާއި، އުމުރުން ދުވަސްވީ ފިރިހެނުންނާއި އެމީހުންނާ އެކީގައިވި މީހުން، ރޭގަނޑުގެ ދެބައިކުޅަ އެއްބަޔަށް ފަހު މުޒްދަލިފާއިން މިނާއަށް ދިއުމުން މައްސަލައެއް ނެތެވެ. ރަސޫލާ ވަނީ އެބައިމީހުންނަށް އެކަމުގައި ހުއްދަ ދެއްވާފަ އެވެ. ދެން ފަހެ ބާރުގަދަ މީހުންނާއި، މީސްތަކުންގެ ގިނަ މީހުންނަށް ޝަރުޢުކުރެވިގެންވަނީ ފަތިސް ނަމާދު ކުރަންދެން މުޒްދަލިފާގައި މަޑުކުރުމެވެ. ފަހެ ނަމާދު ކުރުމުން، ރީނދޫ ވަންދެން އެމީހުން އެތަނުގައި ޛިކުރުކުރުމަށާއި ދުޢާކުރުމަށް އިށީންނާނީ އެވެ. އުދަރެސް ރީނދޫ ވަންދެނެވެ. ފަހެ ރީނދޫ ވުމުން، އިރު އެރުމުގެ ކުރިން މިނާއަށް ދާނީ އެވެ. އެންމެ ހެޔޮ ގޮތަކީ މިއީ އެވެ.

◇ ◇ ◇


ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، بيان القدر المجزئ من المبيت بمزدلفة، ج17، ص410، فتوى رقم: 227.
ސައިޓް ލިންކް: http://goo.gl/3zknfg