މައްޔިތާގެ ޤަބުރު ކައިރީގައި ތިބެ ދުޢާ ކުރުން - العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله

ކެޓަގަރީ ޖަނާޒާ އަދި ޤަބުރުތަކުގެ އަޙްކާމްތައް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


العَلاَّمَة الشَّيْخُ زَيْد بن مُحمَّدُ بن هَادِي المَدْخَلِي رحمه الله 

މައްޔިތާގެ ޤަބުރު ކައިރީގައި ތިބެ ދުޢާ ކުރުން

ސުވާލު: أحسن الله إليكم، ޤަބުރު ކައިރީގައި ތިބެގެން މައްޔިތާއަށް ދުޢާކޮށްދޭ ހިނދުގައި އަތް އުފުލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އެކަމުގައި ހެޔޮކަން ބޮޑު ގޮތަކީ ޤިބްލައަށް ކުރިމަތިލުން ހެއްޔެވެ؟  


ޖަވާބު: ..... ދެވަނައީ : (މައްޔިތާ ވަޅުލުމަށްފަހުގައި ދެއަތް އުފުލައި ދުޢާ ކުރުމެވެ.) ދުޢާކުރުމުގައު ދެއަތް އުފުލުމަށް ޢާންމު ޙަދީޘްތައް ވާރިދުވެގެންވެ އެވެ. ވަކި ވަޤުތަކަށް އެހެނިހެން ވަޤުތުތަކަށް ޚާއްޞަވުމެއް ނެތް ގޮތުގައި ޙަދީޘްތައް ވާރިދުވެގެންވެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (إنَّ الله حيِيٌّ ستير يستَحي مَن عبدِه إذا رفعَ إليه يديهِ أن يردَّهما صِفرًا) "ހަމަކަށަވަރުން ﷲ އީ ލަތުވެތިވެވޮޑިގެންވާ އަދި ސިއްތީރު ފަރާތެކެވެ. އެ އިލާހުގެ އަޅަކު ދެއަތް އެ އިލާހުގެ ޙަޟުރަތަށް އުފުލައިފި ހިނދުގައި އެއްވެސް އެއްޗެއް ނުދެއްވާ އެ އިލާހު އެ އަޅާ ދޫކޮށްލެއްވުމަށް ލަދުވެތިވެ ވޮޑިގަންނަވަ އެވެ." ފަހެ އެހެންވުމުން އަތް އުފުލުން އެއްވެސް މައްސަލައެއް ނެތެވެ.


އެހެނަސް (ދަންނަ ހުއްޓެވެ.) ވަކި އިންތިޒާމެއްގެ ދަށުން ދުޢާ ކޮށްގެން ނުވާނެ އެވެ. އެގޮތުން ސަފުތައް ހެދުމާއި، އެކަކު ދުޢާކޮށް އެހެން މީހުން އޭނާއަށް އިޤްތިދާވެ، އޭނާއަށް ތަބަޢަވެ، މިއީ ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި ޢަމަލު ކުރެވުނު ގޮތެއް ނޫނެވެ. އެހެނަސް ޙަދީޘް ކުރެއްވި އެވެ. (واسألوا اللهَ له التثبيتَ فإنه الآنَ يُسألُ) "އޭނާއަށް (މަރުވެފައިވާ މައްޔިތާއަށް) ޘާބިތުކަން ލިބުމަށްއެދި ތިޔަބައިމީހުން ﷲ އަށް ދަންނަވާށެވެ. ފަހެ، ހަމަކަށަވަރުން މިހާރު އޭނާއާ ސުވާލު ކުރެވެ އެވެ."


ފަހެ ކޮންމެ މީހަކުވެސް އޭނާ އަމިއްލައަށް ދުޢާ ކުރާށެވެ.


ސުވާލު: ޝެއިޚް އެވެ. ޤަބުރުކައިރީގައި ހުރުން ޝަރުޠު ކުރެވިގެންވޭ ހެއްޔެވެ؟


ޖަވާބު: ޝަރުޠު ނުކުރެވެ އެވެ. (ދުޢާ ކުރުމަށް ޤަބުރު ކައިރީގައި ހުރުމަކީ ޝަރުޠެއް ނޫނެވެ.) ކައިރީގައ ހުންނަ މީހާވެސް އަދި ދުރުގައި ހުންނަ މީހާވެސް ދުޢާ ކުރާނީ އެވެ.
     
*****
ފަތުވާ ނަގާފައިވަނީ : https://goo.gl/lZtSKs