މައްޔިތާގެ ޤަބުރު ކައިރީގައި ތިބެ ދުޢާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ކެޓަގަރީ ޖަނާޒާ އަދި ޤަބުރުތަކުގެ އަޙްކާމްތައް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މައްޔިތާގެ ޤަބުރު ކައިރީގައި ތިބެ ދުޢާ ކުރުން

ސުވާލު: أثابكم الله، ސުވާލުގައި ބުނެ އެވެ. ޤަބުރުސްތާނުގައި މައްޔިތާ ވަޅުލުމަށްފަހުގައި، މައްޔިތާއަށް ދުޢާ ކުރުމަށް ބޭނުންވާ މީހާ، އޭނާ ދުޢާ ކުރާ ހިނދުގައި އަތް އުފުލުން ވޭ ހެއްޔެވެ؟

 

ޖަވާބު: އާއެކެވެ. ވަޅުލައި ނިމުމަށްފަހުގައި، ދެއަތް އުފުލައި މައްޔިތާއަށް ފާފަ ސުއްސެވުމަށް އެދި ދުޢާ ކުރާނީ އެވެ. މައްޔިތާގެ ޤަބުރުކައިރީގައި ކޮޅަށްހުރެ، އެ މައްޔިތާއަށް ޘާބިތުކަން ދެއްވުން އެދި އަދި ފާފަ ފުއްސެވުން އެދި ދުޢާ ކޮށްދޭނީ އެވެ. اللهم اغفرله، اللهم ثَبِّتْهُ،  ދެއަތް އުފުލައިގެން ހުރެ، ތަކްރާރުކޮށް މިފަދައިން ކިޔައި ދުޢާކުރާނީ އެވެ. ސަބަބަކީ ދެއަތް އުފުލައި ދުޢާ ކުރުމަކީ ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ސަބަބެއް ކަމުގައިވެ އެވެ.
     
****
ފަތުވާ ނަގާފައިވަނީ : https://goo.gl/0hX018