ދުޢާ ކުރާ ހިނދު އަދި ދުޢާ ކޮށްދޭ ހިނދުގައި إِنْ شَاء الله ނުކިޔުން - الشيخ العلامة ابن باز رحمه الله

ކެޓަގަރީ ދުޢާ

ދުޢާ ކުރާ ހިނދު ބައެއް މީހުން މިފަދައިން ކިޔާކަން ފާހަގަ ކުރެވެ އެވެ. (اللهُ يُوفِقكَ إِنْ شَاء الله) "ﷲ ތިބާއަށް ތަޥްފީޤު ދެއްވާށި އެވެ.إِنْ شَاء الله" إِنْ شَاء الله ބުނެ ދުޢާ ކުރެ އެވެ. އަދި މުސްތަޤްބަލްގައި ކަންކަން ކުރުމަށް إِنْ شَاء الله ބުނާފަދައިން، ދުޢާ ކުރާ ހިނދުގައިވެސް، ދުޢާގައި ބޭނުންވާކަމަށް ނިޞްބަތްކޮށްﷲ އިރާދަފުޅުކުރެއްވިއްޔާ ކަމަށްބުނެ، އެއީ ޞައްޙަގޮތް ކަމުގައި ޤަބޫލުކޮށް ދުޢާ ކުރާ ހިނދު، ނުވަތަ މީހަކަށް ދުޢާއެއް ކޮށްދޭ ހިނދު إِنْ شَاء اللهބުނެ ދުޢާ ކުރެ އެވެ.


މިފަދަ އެހެން މިޘާލަކީ:
(اللهُ يَرزُقك إِنْ شَاء الله) "ﷲ ތިބާއަށް ރިޒުޤު –ތަނަވަސް- ކޮށް ދެއްވާށި އެވެ.إِنْ شَاء الله"

އަދި މި ދުޢާކޮށްދިން ފަރާތަށް ރައްދުކޮށް ބުނެ އެވެ.
(وَإِيَّاك إِنْ شَاء الله) "އަދި ﷲ ތިބާއަށްވެސް ރިޒުޤު –ތަނަވަސް- ކޮށް ދެއްވާށި އެވެ.إِنْ شَاء الله"

 

ފަހެ، މި އެންމެހައި ފަރާތްތައް އަދި އެންމެހައި ދުޢާތަކުގައިވަނީ، ދުޢާ ﷲ ގެ އިރާދަފުޅަށް، މަޝީއަތަށް ނިޞްބަތްކޮށްފަ އެވެ. މި މައްސަލައިގެ މައްޗަަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް އަޚާއަށް ބަޔާންކޮށްދެމެވެ.


الشيخ العلامة ابن باز رحمه الله ވިދާޅުވެފައިވެ އެވެ.

"އެހެނަސް إن شاء الله ކިޔައި ދުޢާކޮށްގެން ނުވާނެ އެވެ. އަދި ކިޔެއްތޯ! (މިފަދައިން ބުނުން ހުއްޓެވެ.)نَسال الله أن نلتقي في الجنة بفضل الله، يجمعنا في الجنة. (ﷲ ގެ ފަޟްލުވަންތަ ކަމުގައި އަހަރެމެން ސުވަރުގޭގެގައި ޖަމަޢަކުރައްވާނދޭވެ. ސުވަރުގޭގައި އަހަރުމެން ޖަމަޢަ ކުރައްވާށި އެވެ.) فلا يقُول : إن شاء الله ولا يستثني في الدعاء. (ފަހެ، އޭނާ ދުޢާގައި إن شاء الله ކިޔައިގެން ނުވާނެ އެވެ.)مجموع الفتاوى لامام ابن باز رحمه الله(١٣٢/٢٦)
 

الشيخ العلامة محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ

މި ޙަދީޘް ޛިކުރު ކުރުމަށްފަހުގައި ވިދާޅުވި އެވެ. (اللهُمَّ أَحْيِنِي مَا كَانَت الحَيَاة خَيرا لِي) "އަޅުގެ ވެރި އިލާހު އެވެ! ދުނިޔޭގައި ދިރިހުރުމަކީ މިއަޅާއަށް ހެޔޮގޮތް ކަމުގައިވެއްޖެ ހިނދުގައި މިއަޅާ ދުނިޔެމަތީގައި ދިރިލަހައްޓަވާނދޭވެ."ސަބަބަކީ ދުޢާ ކުރަންޖެހޭނީ ޔަޤީންކަމާ އެކުގައި ބުނެވޭ ބަސްތަކުގެ މައްޗަށެވެ. ﷲ އިރާދަފުޅު ކުރެއްވިކަމުގައިވާނަމަ، މި ގޮތުގައި ބުނެގެން ނުވާނެ އެވެ. ނަހީ ކުރެވިފައިވަނީ ﷲ އިރާދަފުޅަށް ނިސްބަތްކޮށްފައި ދުޢާ ކުރުމެވެ."مجموعالفتاوى (٩٢٠/١٠)