 ޤިޔާމުއް ލައިލްގެ ޤުނޫތު ދިގުކޮށް ކިޔުމާއި ރާގު ރާގަށް ދުޢާ ކުރުމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް - الشيخ العلامة عبيد الجابري حفظه الله

ކެޓަގަރީ ދުޢާ

ސުވާލު: އަހަރެމެން އުއްމީދު ކުރަނީ މި އިމާމް އަކީ ސަލަފީ އެއް ކަމުގަ އެވެ. އެހެނަސް ޤިޔާމުއް ލައިލް ގައި ދުޢާކުރާ ހިނދުގައި އޭނާ ވަރަށް ދިގުކޮށް ދުޢާ ކުރެ އެވެ. މާނައީ: ޤުނޫތު ދިގުކޮށް ކިޔުމާއި ރާގަށް ކިޔުމެވެ.
ފަހެ އޭނާގެ މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ جزاكم الله خيرا.


ޖަވާބު: ފަހެ، އަހަރެން ތިފަދަ ވައްތަރުގެ މީހުންގެ ފަހަތުގައި ނަމާދު ނުކުރާނަމެވެ. އަހަރެން އެޙާލުގައި ގޭގައި ނަމާދުކުރުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ ތިޔައީ ބިދުޢައެކެވެ. އެހެނަސް ސަޖިދަ ދިގުކުރުން، އާއެކެވެ. ރޭއަޅުކަމުގައި ސަޖިދަ ދިގުކުރުން ވެ އެވެ. ބަލިމިހާ، ނުކުޅެދުންތެރިޔާ އޭނާއަށް ކުޅަދާނަވީ މިންވަރަކަށް ސަޖިދަ ދިގުކުރާނީ އެވެ. އެހެނަސް ދުޢާ ކުރުމުގައި ދިގުކުރުމަކީ ސުންނަތުގައިވާ ކަމެއް ނޫނެވެ.


ސުވާލު ކުރާ މީހާ: ސުވާލުގައި ބަޔާންކޮށްފައިވަނީ، ދުޢާ ދިގުކުރުމާއި ރާގު ރާގަށް ކިޔެވުމެވެ.


ޝެއިޚް: ދުޢާކުރާ ހިނދުގައި ރާގަށް ކިޔެވުންތޯ؟


ސުވާލު ކުރާ މީހާ: އާއެކެވެ.


ޖަވާބު: ތިޔައީ ބިދުޢަވެރި މުންކަރާތެކެވެ. ޞަޙީޙުގައި عَائِشَة رضي الله عنها ވިދާޅުވެފައިވެ އެވެ. "ރަސޫލާ صلى الله عليه وسلم ދުޢާކުރައްވާ ހިނދުގައި ޖަވާމިޢު ދުޢާ އިޚްތިޔާރު ކުރައްވަ އެވެ. އަދި އެނޫން ދުޢާތައް ދޫކޮށްލައްްވަ އެވެ."


ފަހެ، ތިޔަބައިމީހުންނަށް ވަރަށްވެސް ގިނަ މިސްކިތްތަކުން އަޑުއިވޭ ދުޢާތަކަކީ މީސްތަކުން އަމިއްލައަށް ހަދާފައިވާ ދުޢާތަކެވެ. އަދި ދުޢާ ކުރާ ހިނދުގައި ރާގަށް ކިޔެވުމަކީ ބިދުޢަ އެކެވެ. ފަހެ، މިތަނުގައި ދެ ގޮތުގައި ބިދުޢަވެ އެވެ. ދިގުކޮށް ދުޢާ ކުރުމާއި އަދި އަމިއްލައަށް ހަދައިގެން ދުޢާ ކުރުމާއި ރާގަށް ކިޔުމެވެ.

****

ފަތުވާ ނަގާފައިވަނީ : http://goo.gl/TB3FVq