 شرح عقيدة الرازيين - ސުވަރުގެވަންތަވެރިން ކަމުގައި ނަބިއްޔާ ހެކިވި ދިހަ ޞަހާބީން އަދި ޞަހާބީންގެ މެދުގައި ހިނގި ދެބަސްވުންތަކާއިމެދު ވާހަކަ ނުދެއްކުން - أُسْتَاذ أبو أنس محمد حسن حفظه الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ސަލަފީ އަޑު

أبي زرعة و أبي حاتم الرازي رحمه الله ގެ އަޤީދާ

"وأن العشـرة الذين سماهـم رسول الله، صلى الله عليه وسلم، وشهد لهم بالجنة على ما شهد به وقوله الحق. والترحم على جميع أصحاب محمد، صلى الله عليه وسلم، وعلى آله والكف عما شجر بينهم. އަދި (މިއުންމަތުގެ އެންމެހެޔޮ މީހުންނަކީ) ﷲގެ ރަސޫލާ ﷺ ހެކިވި ކަންކަމުގެ މައްޗަށް، އެބަޔަކު އެއީ ސުވަރުގެވަންތަވެރިން ކަމުގައި އެނަބިއްޔާ ހެކިވެވަޑައިގެން އެބައެއްގެ ނަންތައް ބަޔާންކޮށްދެއްވި ދިހަ އަޞްހާބުބޭކަލުންނެވެ. އަދި އެނަބިއްޔާގެ ބަސްފުޅަކީ ޙައްޤު ބަސްފުޅެވެ. އަދި މުޙައްމަދު ﷺ ގެ އެންމެހާ އަޞްޙާބުންނާއި އެނަބިއްޔާގެ އާލުންނަށް ހިތްހެޔޮވެ އެބޭކަލުންގެ މެދުގައި ހިނގި ދެބަސްވުންތަކާއި މެދު ވާހަކަ ނުދެއްކުމެވެ.